Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ޝީރަންގެ އާ އަލްބަމް މެއި މަހު

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަންގެ ހަ ވަނަ އަލްބަމް އަންނަ މެއި މަހު ރިލީޒްކުރަން ނިންމައި، އޭގެ ޓްރެކް ލިސްޓް ވެސް އާންމުކޮށްފި އެވެ.

"ސަބްޓްރެކްޓް" ގެ ނަމުގައި މެއި 5 ގައި ނެރެން ތާވަލުކޮށްފައިވާ އަލްބަމްގައި ހިމެނީ 14 ލަވަ އެވެ. އެގޮތުން އަލްބަމްގައި ހިމެނޭނެ ލަވަތަކަކީ "ބޯޓް"، "ސޯލްޓް ވޯޓާ"، "އައިޒް ކްލޯޒްޑް"، "ލައިފް ގޯޒް އޮން"، "ޑަސްޓީ"، "އެންޑް އޮފް ޔޫތު"، "ކަލަބްލައިންޑް"، "ކާޓެއިން"، "ބޯޑަލައިން"، "ސްޕާކް"، "ވެގާ"، "ސައިކޮމޯ"، "ނޯ ސްޓްރިންގްސް" އަދި "ދަ ހިލްސް އޮފް އެބަފެލްޑީ" އެވެ.

"ސަބްޓްރެކްޓް" އަކީ ހިސާބުގެ ނިޝާންތަކާ ގުޅުވައިގެން ޝީރަން، 32، ގެނެސްދޭ އަލްބަމް ސީރީޒްގެ ފަހު އަލްބަމެވެ. އޭނަގެ އެންމެ ފަހުގެ އަލްބަމަކީ 2021 ގެ "އީކްއެލް" އެވެ. ކުރިން ނެރުނު އަލްބަމްތަކަކީ 2017 ގެ "ޑިވައިޑް" އާއި 2014 ގެ "ޓައިމްސް" ގެ އިތުރުން 2011 ގެ "ޕްލަސް" އެވެ.

ހަތަރު ގްރެމީ އެވޯޑް ހާސިލުކޮށްފައިވާ ޝީރަން ބުނި ގޮތުގައި އާ އަލްބަމްގެ ލަވަތަކުގައި އަންހެނުން ދެވަނަ ދަރިފުޅަށް ބަލިވެއިންދައި ޓިއުމަރެއް އުފެދުމާއި އަމިއްލަ އަށް ކުރިމަތިލާން ޖެހުނު ޑިޕްރެޝަނާއި އަދި ވަރަށް ގާތް އެކުވެރިއެއްގެ ކުއްލި މަރާ ގުޅިގެން ކުރިމަތިވި ހިތްދަތި އިހުސާސްތަކުގެ އަސަރު "ސަބްރެކްޓް" ގެ ލަވަތަކުގައި ހުންނާނެ އެވެ.

މި އަލްބަމް ނެރެނީ އެޓްލާންޓިކް ރެކޯޑްސް އާއި އެސީލަމްގެ ތައްގަނޑުގަ އެވެ.