އެސް.ޓީއޯ ވީކެންޑް ފިއެސްޓާ ފަށައިފި އެވެ.
މިއީ އެ ކުންފުނީގެ ރަމަޟާން ބާޒާރާ ގުޅުވައި، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށް ގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ މި މަހުގެ 18 އާ ހަމައަށެވެ.
މި ޕްރޮމޯޝަންގެ ދަށުން ޚާއްސަ ޑިސްކައުޓްތައް ލިބޭނެ އެވެ. އަދި ޗޮއިސްގައި ރެކްލީސްކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ފިއެސްޓާގެ ތެރެއިން ހާއްސަ ޑިސްކައުންޓްތަކެއް ވެސް ލިބޭނެ އެވެ. ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި، ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕަލައަންސް ބައްލަވައިގަތުމުން ހޭދަކުރާ ކޮންމެ 1،000ރ. އާ އެކު އިނާމެއް ލިބުމުގެ ފުރުޞަތު އޮންނާނެ އެވެ.
ބޮޑެތި އިނާމުތަކަކާ އެކީ އެސްޓީއޯގެ މި އަހަރުގެ ރަމަޟާން ބާޒާރު ފެށީ ޖެނުއަރީގަ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 29 އާ ހަމައަށް ކުރިއަށް ދާނެ އެވެ.