މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި "މިއުޒިކަލް އައިޑޮލް" ގެ ނަމުގައި ބޭއްވި މިއުޒިކް ޝޯގައި ބައްލަވާލެއްވުމަށް ފަހު، މި
އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް މުހައްމަދު ނާޒިމް، ޝޯގައި ޕަފޯމްކުރި އިންޑިއާގެ ދެ ފަންނާނުންނާ ބައްދަލުކުރައްވައިފި އެވެ.
ޝޯގައި ހިތްގައިމު ހުށަހެޅުންތަކެއް ގެނެސްދިން ޕަވަންދީޕް ރަޖަން އާއި އަރޫނިތާ ކަންޖީލާލްއާ އެކީ ނާޒިމް ނަންގަވާފައިވާ ފޮޓޯއެއްގެ އިތުރުން ޝޯގެ ތެރޭގެ ފޮޓޯތަކެއް ވެސް އެމްއެންޕީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކޮށްފައިވެ އެވެ.
ޕަވަންދީޕާއި އަރޫނީތާ އަކީ ސޮނީ ޓީީވީގެ "އިންޑިއަން އައިޑޮލް" ސީޒަން 12 އިން ވިދި ފަންނާނުންތަކެވެ. ޕަވަންދީޕަކީ އެ ޝޯ ކާމިޔާބުކުރި ފަންނާނެވެ. އަދި އަރޫނިތާ އަކީ "އިންޑިއަން އައިޑޮލް 12" ގެ ދެވަނަ އެވެ.
މި ދެ މީހުންނާ އެކު ހުޅުމާލޭގައި ޝޯ ބޭއްވީ ޓިކެޓް ވިއްކައިގެން ސިންތެޓިކް ޓްރެކްގަ އެވެ. ޝޯ އިންތިޒާމުކުރީ ޓުއާނިވަލްއިންނެވެ.
ޕަވަންދީޕާއި އަރުނީތާއާ ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ ޗަމްޕާ މުހައްމަދު މޫސާ އުއްޗު) ވެސް ބައްދަލުކޮށްފައިވެ އެވެ.