މި އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު ވާދަކުރައްވަން ނިންމަވައިފި އެވެ.
އައްޑޫ މީދު އަށް ނިސްބަތްވެވަޑައިގަންނަވާ މުނައްވަރުގެ ކެމްޕޭން ލޯގޯ ވެސް އޭނަގެ ޓްވިޓާގައި މިއަދު ހިއްސާކުރައްވާފައިވެ އެވެ. އޭގައީ އިނީ އައްޑޫ ރަމްޒުކޮށްދޭ ދޮންދީނި އާއި 2023 ޑރ. މުނައްވަރު އެވެ. އޭނަގެ ކެމްޕޭން މަރުކަޒެއް ވެސް މިހާރު ވަނީ މާލޭގައި ހުޅުވައިފަ އެވެ.
އެކަމަކު މިކަމާ ގުޅޭ ގޮތުން މުނައްވަރު ރަސްމީކޮށް މީޑިއާތަކަށް އަދި ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.
— Mohamed Munavvar (@MMunavvar) March 5, 2023
މުނައްވަރު ރިޔާސީ އިންތިހާބަށް ނުކުންނަވަން ނިންމެވި އިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ވާދަކުރެއްވި އިރު، ޑރ. މުނައްވަރު ހުންނެވީ ނަޝީދުގެ ފަހަތްޕުޅުގަ އެވެ. އަދި ނަޝީދާ އެކީ ކެމްޕޭނަށް އައްޑު އަށް ވެސް ވަޑައިގަތެނެވެ.
މުނައްވަރަކީ ކުރިން އެމްޑީޕީގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މި އަހަރުގެ ސެޕްޓެމްބަރު 9 ގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމްއެންޕީގެ ރައީސް ކާނަލް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވަ އެވެ. ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މި ވަގުތު ހުންނެވީ 11 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އެހެންވެ އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެތޯ އަދި އޮތީ ސުވާލެއްގެ ތެރޭގަ އެވެ.
އަަޑުތައް އަރާފައިވާ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ރިޔާސީ އިންތިހާބަށް ނުކުންނަވާނެ އެވެ.