Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

އެންމެ ދުވަސްވީ ކުކުޅަށް 20 އަހަރު

ކުކުޅެއް ކިހާ ދުވަހަކަށް ގެންގުޅެވިދާނެ ހެއްޔެވެ؟ ކުކުޅުމަސް ކާ ހިތުން ގިނަ ފަހަރަށް ކުކުޅެއް ނުވަތަ ހާލެއް ވިޔަސް މާ ގިނަ ދުވަހަކު ބެހެއްޓުމަކީ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެކަމަކު އެމެރިކާގެ މީހަކު އޮތީ އެތައް އަހަރަކަށް ކުކުޅެއް ގެންގުޅެގެން ދުނިޔޭގެ ރެކޯޑެއް ހަދައިފި އެވެ.

މި ކުކުޅަށް މިހާރު 20 އަހަރެވެ. "ޕީނަޓް" ގެ ނަން ދީފައިވާ މި ކުކުޅު ދުނިޔޭގެ ރެކޯޑް ފޮތަށް އެރީ މިހާރު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ކުކުޅުގެ ގޮތުގަ އެވެ. އެމެރިކާގެ މިޝިގަންގައި ގެންގުޅޭ މި ކުކުޅު އުފަންވީ 2002 ގަ އެވެ. އެންމެ ދުވަސްވީ ކުކުޅުގެ ރެކޯޑް ގިނިސް ވޯލްޑް ރެކޯޑުން "ޕީނަޓް" އަށް މި މަހުގެ 1 ގައި ކަށަވަރުކޮށް ދިން އިރު، އުމުރަކީ 20 އަހަރާއި 304 ދުވަހެވެ.

މި ކުކުޅު ގެންގުޅޭ މާސިން ޑާވިން ބުނި ގޮތުގައި އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ޕީނަޓް އަކީ "ވަރަށް ހެޕެނިންކޮށް އުޅޭ" ކުކުޅެކެވެ. އަދި "ޕީނަޓަކީ ވަރަށް ގިނައިން ކައި، އަދި ވަރަށް ގިނައިން ނިދާ" ކުކުޅެކެވެ. މި ކުކުޅާ އެކީ އޭގެ 15 އަހަރުގެ ދަރި، މިލީ ވެސް އުޅެ އެވެ.

@guinnessworldrecords Oldest living chicken 🐔 Peanut – 20 years 304 days 🇺🇸 #chicken #pets #bantam #guinnessworldrecords ♬ original sound – Guinness World Records

ކުކުޅެއްގެ އެވްރެޖް އުމުރަކީ 5-10 އަހަރެވެ.

ކުރިން އެންމެ އުމުރު ދިގު ކުކުޅުގެ ރެކޯޑް އޮތީ 23 އަހަރާއި 152 ދުވަސް ވަންދެން އެމެރިކާގައި އުޅުނު ކުކުޅަކަށެވެ. އެ ކުކުޅު މަރުވީ 2012 ގަ އެވެ.