Last Updated: July 16, 11:54
Thursday, July 16, 2026
ޚަބަރު

ހޭންޑްބޯލް ޗެމްޕިއަންޝިޕަށް ހުޅުވާލައިފި

މި އަހަރު ބާއްވަން ހަމަޖެހިފައިވާ ހަ ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ މެއި މަހުގެ 10 ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ވާދަކުރަން ޝައުގުވެރިވާ އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކަށް މި މަހުގެ 26 އާ ހަމައަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި އެސޯސިއޭޝަނުގެ އޮފީހަށް ހުށަހަޅަން ޖެހެ އެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ގަލޮޅު ދަނޑުގައި ހުންނަ އެސޯސިއޭޝަންގެ އޮފީހުން ލިބޭނެ އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ބުނީ މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބާއްވާނެ ތަނަކާއި ވަގުތު ފަހުން އިއުލާން ކުރާނެ ކަމަށެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީގެ ނަމްބަރު 9879555 އިން ހޯދޭނެ އެވެ.