Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ކަންނެލި ކިރުވަން ކިއުގައި ގިނަ ދުވަސް، ކަންބޮޑުވުމެއް

ފޮޓޯ: ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

ބޮޑުކަންނެލި ކިރުވަން މަސްވެރިން ކިއުގައި ގިނަ ދުވަސް ހޭދަކުރަންޖެހޭތީ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިއަދު ބުނެފައިވަނީ ކަންނެލި ކިރުވުމަށް ކިއުގައި 5 ދުވަހު ތިބެން ޖެހުމީ ވަރަށް ދެރަ ކަމެއް ކަމަށެވެ.

އަދި ކަންނެލި މަސްވެރިކަން ކުޑަކޮށްވެސް ރަނގަޅުވާއިރަށް މަސްވެރިން އުޅެންޖެހޭ ހާލަކީ މިއީ ކަމަށްވެސް ބުނެފައިވެއެވެ.

"ދެންކިޔާނެ ކޮލިޓީ ދަށިއްޔޭ، ކަންނެލިބާނަން ހޭދަކުރާ ދުވަހަށްވުރެ ގިނަ ދުވަސް ކަންނެލި ކިއުގައި ތިބެންއެބަޖެހޭ." ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.

ބޮޑުކަންނެލީ މަސްވެރިންކަން ރަނގަޅުވާއިރަށް ކިއުގައި ގިނަ ދުވަސް ހޭދަކުރަންޖެހޭކަމުގެ ޝަކުވާއާއި އައިސް ލިބުމުގައި ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާތައް އަބަދުވެސް މަސްވެރިން ކުރެއެވެ. އަދި މަސްވެރިކަން ރަނގަޅުވާއިރު މަހުގެ އަގު ވެއްޓޭ މައްސަލައިގައިވެސް މަސްވެރިން ކަންބޮޑުވުންފާޅުކުރެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައިވެސް ބޮޑުކަންނެލީ މަސްވެރިންގެ ކަންބޮޑުވުންތައް، ޔޫނިއަންގެ ފަރާތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާ ވެސް ހިއްސާކޮށްފައިވެއެވެ.