Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މާލޭގައި ހުރި ގްރެފިޓީތައް ފުހެލަން ފަށައިފި

ފޮޓޯ: މާލެސިޓީ ކައުންސިލް

މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުރި ގްރެފިޓީތައް ނައްތާލުމުގެ މަސައްކަތް މާލެސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލެސިޓީ ކައުންސިލުން މިއަދު ބުނެފައިވަނީ އެ މަސައްކަތް އެ ސިޓީ ކައުންސިލުން ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅިގެން ކަމަށެވެ.

އެގޮތުން މި މަސައްކަތުގެދަށުން މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި އާއްމު އިޖުތިމާއީ މިންގަޑާ ހިލާފަށް ހުރި ކުރެހުންތަކާ ލިޔުންތައް، ފޮހެލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ދޭތެރެ ދޭތެރެއިން މާލޭގެ އެކި ސަރަހައްދުތަކުގެ ފާރުތަކުގައި ހުންނަ މިފަދަ ގްރެފިޓީތައް ފުހެލުމުގެ މަސައްކަތް ކުރެއެވެ.