ޓާފު ދަނޑެއްގައި އަޅައި ދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި ނަމަވެސް އެކަން މިހާތަނަށްވެފައި ނުވާތީ ހއ. ބާރަށު ޒުވާނުން ތިބީ ނައްޓާފައި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއި ވިދާޅުވެއްޖެ އެވެ.
މާލެ ސިޓީ ކައުންސިލްގައި ހުޅުމާލެ ތަމްސީލުކުރައްވާ ކައުންސިލަރު ބާރަށު ދަނޑުގައި ނަގާފައިވާ ފޮޓޯތަކަކާ އެކީ ޓްވިޓާގައި ވިދާޅުވީ ބާރަށު ޒުވާނުން ތިބީ ހެސްކިޔާފައި ނައްޓާފައި ކަމަށެވެ. އޭނަ ވިދާޅުވީ މި ސަރުކާރުގެ ކުރީކޮޅު މަހުލޫފް ބާރަށަށް
ވަޑައިގެންނެވީ ރަސްކަލެއް ގޮތަށް ކަމަށެވެ.
ބާރަށު ޒުވާނުން ތިބީ ހެސްކިޔާފަ ނައްޓާފަ.ވެރިކަމުގެ ކުރީކޮޅު މިރަށަށް މިނިސްޓަރ @AhmedMahloof ވަޑައިގެންނެވީ ރަސްކަލެއް ގޮތައް.މަތިންނާއި ތިރިން ޑްރޯންއިން ފޮޓޯވެސް ނެންގެވި.މިރަށުން ދިވެހި ކުކުޅު ކައިގެން ދަނޑެއް ދޭނަމޭ ކިޔާފަ ދޮގުހަދާފަ ނައްޓާލިގޮތައް ހަބަރެއް ނުވޭ 1/2 pic.twitter.com/JbC9WBt2IB
— Ibrahim Shujau (@IbrahimShujaau) March 5, 2023
"މަތިންނާއި ތިރިން ޑްރޯންއިން ފޮޓޯ ވެސް ނެންގެވި. މި ރަށުން ދިވެހި ކުކުޅު ކައިގެން ދަނޑެއް ދޭނަމޭ ކިޔާފައި ދޮގު ހަދާފައި ނައްޓާލި ގޮތަށް ހަބަރެއް ނުވޭ." އޭނަ ވިދާޅުވި އެވެ.
ޝުޖާ ވިދާޅުވީ ދަނޑު އަޅައި ދޭން ބުނި ތަން އޮތީ ޖަންގެއްހެން ކަމަށެވެ.
މިއޮތީ އަޅައިދޭން ފެށި ދަނޑު.މީއަޅެފަހެ ޖަންގައްޔެއްތަ؟ރައީސް ޔާމީން މިރަށުގެ ޒުވާނުންނަށް ބިނާކޮށްދެއްވި ފުޓްސަލް ދަނޑަށްވުރެ ބޮޑު ދަނޑެއް އަޅައިދޭނަމޭ ކިޔާ ފެށި ދަނޑުގެ ހާލަތު މިއޮތީ ފެންނަން.ކިހިނެތް ދެވަނަ ދައުރެއް ދޭނީ؟
މިހުރިހާ ކަމެއްގެ ހައްލަކީ ރައީސް ޔާމީން.#RY2023
2/2— Ibrahim Shujau (@IbrahimShujaau) March 5, 2023
"މީ އަޅެފަހެ ޖަންގައްޔެއްތަ؟ ރައީސް ޔާމީން މި ރަށުގެ ޒުވާނުންނަށް ބިނާކޮށްދެއްވި ފުޓްސަލް ދަނޑަށް ވުރެ ބޮޑު ދަނޑެއް އަޅައިދޭނަމޭ ކިޔާ ފެށި ދަނޑުގެ ހާލަތު މިއޮތީ ފެންނަން. ކިހިނެތް ދެވަނަ ދައުރެއް ދޭނީ؟" އޭނާ ވިދާޅުވި އެވެ. "މި ހުރިހާ ކަމެއްގެ ހައްލަކީ ރައީސް ޔާމީން."
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ޓާފު ދަނޑުތައް އަޅާފައިވެ އެވެ. އަދި އެފަދަ ބައެއް ޕްރޮޖެކްޓްތައް މިހާރު ވެސް ހިނގަމުން ދެ އެވެ.