Last Updated: April 25, 11:18
Thursday, April 25, 2024
މުނިފޫހިފިލުވުން

ކާމިޔާބް އަންހެނާ

(ޖުލައި 3 ވަނަ ދުވަހުގެ ބަޔާއި ގުޅޭ)

ވާޙަކައިގެ ކުރިޔަށް ދިޔަބައިތަކަށް އަލިއަޅުވާލުން:

މަޝްހޫރު ފިލްމުސުޓާރަކުގެ ހަޔާތުގެ ސަފްހާތަށް ބަދަލުވެގެން ދިޔަގޮތް. ވަރަށް ލޯބިން އުޅުނު ފިރިމީހާ ނިޔާވުމުން އޭނާގެ ހަޔާތުގެ ކަންތައް ވޭނާ ހިތާމަޔަށް ބަދަލުވެގެންދިޔަގޮތް. ލިބިފަވާދެކުދިންނާ ދުރުގަ އުޅެން މަޖްބޫރުވުމުގެ ސަބަބުން ކުރި ފުންހިތާމަ. ހަޔާތުގެ ކެރިަޔަރެއްގެ ގަޮތަށް ފިލްމީ އިންޑަސްޓުރީ ވެގެންދިޔުމުން ދެންހަޔާތުގަ ކުރިމަތިވި ދަތި އުނދަގޫ ދުވަސްތައް. އެހެންގައުމެއްގަ އަމިއްލަ ގެ ބިނާކުރުމުން ދެން ކުރިމަތިވި ދަތި އުނދަގޫ ގޮތް. އަލަތު ކައިވެނީރޫޅެން މެދުވެރިވި ސަބަބު. ހަޔާތުގެ ނުލިބިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ކުރިދަތުރުން މަރާހަނގުރާމަ ކުރަން ޖެހުން. ދެން ވާހަކައިން ވިދާޅުވޭ…….

ހީނާއަށް އެއްވެސް ގެއްލުމެއްވާކަށް ޔާސިރު ބޭނުމެއް ނޫނެވެ.އޭނާ އަދިވެސް ހީނާދެކެ އިންތިހާއަށްލޯބިވެއެވެ.ހީނާއަކީ އޭނާގެ ދެކުދިންގެ މަންމައެވެ. އަދި ހީނާއަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާވެސް މެއެވެ. އެހެނަސް ހީނާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ބޮމުގެ ހާދިސާގައި ހީނާ ނެތީއްޔާ ދެން ހީނާވީ ކޮންތާކު ބާއެވެ. ހަމަ ގައިމުވެސް އޭނާއަށްވުރެ ބޮޑަށް އުލްފަތުއަށް ހީނާވީހިސާބު އެނގޭނެއެވެ. އެކަމަކު އުލްފަތު އޭނާއަށް ކަމެއް ސިއްރު ކޮށްފާނެބާވައެވެ.

އަނެއްކާ ހީނާ އެހެންކޮންމެވެސް ފިރިހެނަކާ ލަންކާގަ ގުޅުމެއް އޮތީބާވައެވެ. ނޫނީ އޭނާ އިންޑީޔާއަށްދިޔައީ ބާވައެވެ. ހީނާ އެހެންފިރިހެނަކާ ގުޅުން ބޭއްވިޔަސް މުޅިއަކުން ގޯހެއްނޫނެވެ. ރާމިޒް ނިޔާވި ފަހުންވެސް އެހުންނަނީ އެހެން ހުހަށްވީއްޔާއެވެ. އެކަމަކު ޕާސްޕޯޓާ ނުލާދަތުރެއް ނުކުރެވޭނެއެވެ. އަތްދަބަސް ވެސް އޮތްވާހަކަ ހައުސްކީޕިންއިން ބުންޏެވެ. ޔާސިރު އެކަނިހތާހިތާ ވިސްނަމުން ދިޔައެވެ. މިއީވެގެންވާންވީ ގޮތެއް ނޫނެވެ.

އެންމެ ފަހުން ޔާސިރު އޭނާގެ އަމިއްލަ ނަފްސަށް ވިިސްނާދޭން މަސައްކަތް ކުރިއެވެ. ހަމަގައިމުވެސް އޭނާ މީހަކާއެއްކޮށް ހުރުން ހޮސްޕިޓަލްގައި އޮތުމަށްވުރެ ރަނގަޅެވެ.

"އެއްވެސް ޙަބަރެއް ލިބިއްޖެއްޔާ އަހަރެންނަށް ގުޅާތި" ޔާސިރު މެނޭޖަރު ކާރީ ބުނެލިއެވެ.
"ކަލާގެ ނަމްބަރު ދެއްވާ އެއްވެސް ޙަބަރެއް ލިބޭއިރަށް ކަލާއަށް ގުޅާނަން"

ފޯނު ބޭއްވުމަށްފަހުވެސް ޔާސިރު އެތައް އިރެއް ވަންދެން އޮފީހުގައި އިނެވެ. ފަހަރެއްގައިވެސް ހަބަރެއް ލިބިދާނެ ކަމުގެ އުންމީދުގައެވެ. ޖެހިގެން އައިދުވަހު ހިލްޓަންއިން ގުޅިއެވެ.
"އެއްވެސް ޙަބަރެއްވިތަ؟"

"އަޅުގަނޑަށްމާބޮޑަކަށް ނުމެއެނގޭ ނަވަލޯކާ ހޮސްޕިޓަލްގަ އެބައޮތް އަންހެނެއް އެއްވެސް މީހަކަށް އެއީ ކޮންގައުމެއްގެ ކާކުކަން އަދި އެނގިފަނުވޭ"

"ހޮސްޕިޓަލްގައޭ…."

"ލައްބަ އަދި ކިރިޔާ ދުނިޔޭގަ އޮތްކަން އޮތީވެސް އެންމެ ހާލުބޮޑު ބަލިމީހުންބާއްވާތަނުގަ އޭނާގެ ބޮލަށް ވަނީ ވަރަށް ބޮޑު ގެއްލުމެއް ލިބިފަ ކަމަށް ޑޮކްޓަރ ބުނުއްވި. އަދި ބޮމުގެ ހާދިސާއިން ގެނައި ކާކުކަން ނުމެއެނގޭ ހަމައެކަނި މީހަކީވެސް އެމީހާކަން ޑޮކްޓަރ ބުނުއްވި. އަދިވެސް ގެނައިއްސުރެ އޭނާވަނީ ކޯމާއެއްގަ އެއީ އޯ އަދިވެސް އެމީހުންނަށް އެއީ ކާކުކަން ނުބެލިފަ ވާސަބަބަކީ އަޅުގަނޑަށް ޔަޤީން އެއީ ހީނާ ނޫނަކަން ސަބަަބަކީ ކޮންމެ މީހަކަށްވެސް ހީނާ ފެންނަ އިރަށް އެނގޭނެ އޭނާއަކީ ނުލާހިކު މަޝްހޫރު ފިލްމީ ތަރިއެއް."

"މޫނަށް ގެއްލުމެއް ވެފަހުރެއްޖެއްޔާ ނޭނގިދާނެނު. ވެދާނެ އެއީ ހީނާ ނޫންކަމަށްވެސް" ޔާސިރު ކަރުނަ ވިއަޑަކުން ބުނެލިއެވެ.

"އަޅުގަނޑުވެސް ބުނާނީ ތިޔަހެން އެއީ ހީނާކަމަކަށް ނުވާނެ ކަލާބޭނުންވަނީ އަޅުގަނޑު މިކަމުގަ ކީއްކުރަންތޯ؟ ހޮޓަލުންމީހަކު ބަލާލަން ފޮނުވަންވީދޮގެއްތޯ؟"

"އަހަރެން މިއަދު ލަންކާއަށް އެންމެ ކުރިން ފުރާއެއްޗަކުން އެބަދަން. ފަހަރެއްގެ މެންދުރު ފުލައިޓުން ޖާގަވެސް ލިބިދާނެ އަހަރެން ދާގޮތަށް ދާނީ ހޮސްޕިޓަލަށް. އަހަރެންނަށް ތިކޮޅުން ރޫމެއް ބުކް ކޮށްދެވިދާނެތަ؟"

"ޔަޤީން ތިކަމުގެ އެއްވެސް ޝައްކެތްނެތް އަޅުގަނޑު ކަލާއަށް ރަނގަޅު ހިސާބަކުން ރޫމެއް ބުކް ކުރާނަން. އަދި އަހަރެން އުންމީދު ކުރަން އެއީ ހީނާއަށް ނުވާނެކަމަށް"

"ޝުކުރީއްޔާ. މާދަމާބައްދަލު ވާނަން"

ޔާސިރު އަވަހަށް އުލްފަތުއަށްވެސް ގުޅާފަ އެޙަބަރު ދިނެވެ. ޔާސިރުގެ އެޙަބަރުން އުލްފަތު ރޫރޫއަޅައިގެންދިޔައެވެ.
"ޔާރައްބީ އަހަރެން އުންމީދު ކުރަން އެއީ ހީނާއަށްނުވާނެ ކަން"

"އަހަރެންވެސް އުންމީދު ކުރަނީ ތިގޮތަށް އެހެންވެ އަހަރެން ހަމަ މިއަދު ލަންކާއަށް ދާނަން. އެކަމަކު ކުދިން ގުޅިޔަސް އެއްވެސް އެއްޗެެއް ކުދިން ކާރީ ބުނުން ރަނގަޅެއް ނުވާނެ. ކަމަކާ ނުލާ އެދެމީހުން ހާސްވެދާނެ. އެއްވެސް ކަމެއްޔަގީން ކޮށްފަ އެއްވެސް ވާހަކައެއެއް ކުދިން ކާރީ ބުނަން އަހަރެން ބޭނުމީ"

"އަޅުގަނޑުވެސް ފުރާނަން"

އުލްފަތު މިހެންބުނުމުން ޔާސިރު ހިމޭންވެލިއެވެ. އެކަމަކު ހީނާރަނގަޅަށް ހުރެއްޖެއްޔާ އޭނާ ބުނާނީ އަހަރެމެންނަކީ މޮޔައިންނޭ ހަމަ ކަމަކާ ނުލާއޭނާއާއި މެދު ކަންބޮޑުވީޔޭ

"އިހަށް މަޑުކުރޭ އަހަރެންގޮސް ބަލާފަ އަހަރެން އަންގާނަން ހަދަންވާގޮތް"