ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފުންގެ މަސައްކަތުގެ ރަސްމީ ފަސް ދުވަހުގެ ތެރެއިން އެއް ދުވަހު ކުރިއަށް އޮތް ރޯދަ މަހު ގޭގައި މަސައްކަތްކުރާ ގޮތަށް ނިންމައިގި އެވެ.
ހަފުތާއަކު އެއް ދުވަހު މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް ރަސްމީ އެއްވެސް ދުވަހެއްގައި ޕީޖީގެ އޮފީސް ބަންދެއް ނުވާނެއެވެ. އަދި ވަކި އުސޫލެއްގެ ދަށުން ކަނޑައެޅޭ މުވައްޒަފުންތަކެއް އޮފީހަށް ވެސް ނުކުންނާނެ އެވެ.
ޕީޖީ އޮފީހުގައި 200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ.
ރޯދަ މަހު ޕީޖީ އޮފީހުގެ މުވައްޒަފުން ހަފުތާގެ އެއް ދުވަހު ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖެއްސި އިރު، އަބަދު ވެސް ރޯދަ މަހު ދައުލަތުގެ އިދާރާތަކުގެ މަސައްކަތުގެ ގަޑި ކުރު ކުރެ އެވެ. އަދި ޕީޖީ އޮފީހުން މި ފަހަރު ނިންމި ނިންމުމަކީ ދައުލަތުގެ އިދާރާއަކުން މުވައްޒަފުން ގޭގައި އެއް ދުވަހު މަސައްކަތްކުރާ ގޮތަށް ނިންމި ފުރަތަމަ ފަހަރެވެ.