Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"އާރްއާރްއާރް" ގެ ބަތަލާ އެކީ ޖާންވީ

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އާރްއާރްއާރް" ގެ އެކްޓަރު އެންޓީއާރް ޖޫނިއާގެ ފިލްމަކަށް ބޮލީވުޑްގެ ބަތަލާ ޖާންވީ ކަޕޫރް ސޮއިކޮށްފި އެވެ.

މިއީ އެންޓީއާރްގެ 30 ވަނަ ޕްރޮޖެކްޓަށްވާތީ ފިލްމުގެ ނަން އަދި ރަސްމީކޮށް އިއުލާންކޮށް ވޯކިން ޓައިޓްލްއަކަށް ބޭނުން ކުރަނީ "އެންޓީއާރް 30" އެވެ. ތެލެގޫ ބަހުން ހަދާ މި ފިލްމަށް ޖާންވީ ސޮއިކުރި އިރު، އޭނަގެ މަންމަ އަދި ކުރީގެ ބަތަލާ ސްރީދޭވީ އަކީ ވެސް އިންޑިއާގެ ތެލެގޫ އަދި ތަމަޅަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.

ޖާންވީ އާއި އެންޓީއާރްގެ ފިލްމުގެ ޑައިރެކްޓަރަކީ ކޮރަތަލާ ސިވާ އެވެ. އަދި މި ފިލްމު ހިންދީ ބަހާއި ތަމަޅަ ބަހާއި މަލަޔާޅަމް ބަހުން ވެސް ގެނެސްދޭނެ އެވެެ. ކޮރަތަލާ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "އަޗާރިއާ" އެވެ.

ޖާންވީ، 26، ގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ބަވާލް" އާއި "މިސްޓަ އެންޑް މިސިޒް މާހީ" ހިމެނެ އެވެ.