ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލަ ކުރިއަށްނުދާތީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ބޭފުޅުން ހައިކޯޓަށް ގޮސްފިއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ މައްޗަށްވަނީ ޖުމުލަ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
އެ ހުކުމް ޔާމީންގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާކަން ހާމަކުރީ ފެބްރުއަރީ 21 ވަނަ ދުވަހުއެވެ. އެ މައްސަލަ ކުރިއަށް ނުދާކަމަށްބުނެ އިދިކޮޅުގެ އިސްބޭބޭފުޅުން މިއަދު ވަނީ ހައިކޯޓަށް ގޮސްފައެވެ.
Raees Yameen ge Isthiunaaf ge massala husha elhithaa ethah dhuvahehve, evves habareh nuvaathy ekamuge kanboduvun faalhu kurumah PPM PNC ge Leaders High Court ah vadaigathun. #FeeePresidentYameen pic.twitter.com/lfpIfMG4Hk
— Progressive Party of Maldives (@ProgressPartyMV) March 6, 2023
ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވުމުންނެވެ. ދައުވާތައް ސާބިތުވުމުން ވަނީ ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސްތެރޭ ދެއްކުމަށް ވެސް އަމުރުކޮށްފައެވެ.