Last Updated: July 6, 20:13
Sunday, July 6, 2025
ޚަބަރު

މާލޭގެ ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ

މަސައްކަތެއް ކުރުމަށްޓަކައި މާލޭގެ ސަރަހައްދަކުން މިއަދު ކަރަންޓުގެ ހިދުމަތް ކެނޑިދާނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓްލެކޯއިން ބުނެފައިވަނީ އެކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަދު މެންދުރު 15:00 އިން 16:30 އަށް ހެންވޭރު ބޮޑުތަކުރުފާނުމަގު، އަމީރުއަހުމަދުމަގާއި، ކަސްތޫރިމަގު، ހިތްފަސޭހަގޯޅި، ސަނދުބަރަކާގޯޅި، ފިނިހިޔާގޯޅި، މެހެލިގޯޅި، އަދި ސޯސަންމަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މާލެ ސަރަހައްދުގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސްޓެލްކޯއިން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ.