Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ވީއައިއޭ އިން މިރޭ ކަރަންޓް ކަނޑަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އަޕްގްރޭޑިން މަސައްކަތެއް ކުރިޔަށް ގެންދިޔުމަށްޓަކައި މިރޭ އެއާޕޯޓުން ކަރަންޓް ކަނޑާލަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ކަރަންޓް ކަނޑާލަން ނިންމާފައި ވަނީ މެންމަދަމު 2:00 އިން ފަތިހު 4:00 އަށް ކަމަށެވެ.

އެހެންވެ މީގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތި އުނދަގޫތަކަށް އެމްއޭސީއެލް އިން މައާފަށް އެދޭ ކަމަށް ވެސް ބުންޏެވެ. ވީއައިއޭ އަކީ ރާއްޖޭގެ މައި އެއާޕޯޓެވެ.