Last Updated: June 6, 22:41
Saturday, June 6, 2026
މީހުން

އަސްވާނުގެ ހަނދާނުގައި ދަފުތަރެއް

ހާޓް އެޓޭކެއް ޖެހިވަޑައިގެން ރޭ މެންދަމުގެ ވަގުތެއްގައި ކުއްލި ގޮތަކަށް އަވަހަރާވި ފޭދޫ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) ގެ ހަނާދުގައި ހާއްސަ ދަފުތަރެއް ހުޅުވާ ގޮތަށް ފޭދޫ އަވަށު އޮފީހުން ނިންމައިފި އެވެ.

އެ އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން ލަތީފް އަލީ ސޮއި ކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މަރުހޫމް އަސްވާންގެ ހަނދާނުގައި ދަފުތަރު ހުޅުވާނީ މާދަމާ ކަމަށެވެ.

މާދަމާ އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް އެ ދަފުތަރު ހުޅުވާފައި ބަހައްޓާ ގޮތަށް ވަނީ ނިންމައިފަ އެވެ.

އެހެންވެ ދަފުތަރުގައި ޝުއޫރު ފާޅުކޮށް، ސޮއި ކުރަން ބޭނުންވާ ފަރާތްތަކާ މާދަމާ އިން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް ކޮންމެ ދުވަހަކު ހެނދުނު 11:00 އިން މެންދުރު ފަހު 2:00 ހަމައަށް ދަފުތަރު ހުޅުވިފައި ހުންނާނެ ކަމަށް ފޭދޫ އަވަށު އޮފީހުން ބުންޏެވެ.

މިއަދު އަސްރު ނަމާދަށް ފަހު އަސްވާންގެ ހަށިގަނޑު ވަނީ ފަސްދާނު ލައިފަ އެވެ.