Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ހުޅުލޭ އިރުއުތުރުގައި ހުރި އުޅަނދު ނަގަން އަންގައިފި

ހުޅުމާލެ އާއި ހުޅުލޭ ފަޅު ތެރެ ފެންނަ ގޮތް

ހުޅުލެއާއި ހުޅުމަލޭ ފަޅުތެރެއިން ވަކިކުރުމަށް ވޯޓަރ ފެންސެއް ޖެހުމުގެ މަސައްކަތް ކުރުމަށް ނިންމައި އެ ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ނެގުމަށް އެމްއޭސީއެލްއިން އަންގަފިއެވެ.

މިކަމާއި ގުޅިގެން އެމްއޭސީއެލްއިން ނެރެފައި ބަޔާނުގައި ބުނީ، ހުޅުލޭގެ އިރުއުތުރު ފަރާތުގައި ހުޅުލެއާއި ހުޅުމާލޭގެ ފަޅު ވަކި ކުރުމަށްޓަކައި، ވޯޓަރ ފެންސް ޖެހުމަށް ހަރުކޮށްފައިވާ އޮރެންޖު ބޮއި ސަރަހައްދުގައި އަޅާފައިވާ ކަނޑު އުޅަނދުތައް ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ނެގުމަށެވެ. މި އުޅަނދުތައް ނަގަނީ ވޯޓަރ ފެންސް ޖެހުމަށް ޕައިލިން މަސައްކަތް ކުރުމަށެވެ.

އޮރެންޖު ބޮއި އިން ފެށިގެން އުތުރަށް (ހުޅުމާލެ ފަޅިއަށް) 20 މީޓަރު ނުވަތަ 65 ފޫޓުގެ ދުރުމިނުގައި ކަނޑު އުޅަނދު ފަހަރުގެ ރައްކާތެރިކަމަށްޓަކި ބެހެއްޓުމަށް އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ. އަދި މިއަށް ފަހު އެ ސަރަހައްދަށް ވަންނަ އެއްވެސް އުޅަނދަކަށް ލިބޭ ގެއްލުމަކަށް އެމްއޭސީއެލްއިން ޒިންމާ ނުނަގާނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެމްއޭސީއެލްއިން ހާމަކުރި ގޮތުގައި މިމަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ ސަރަހައްދުގައި ހުރި އުޅަނދުތައް ފުލުހުންގެ އެހީތެރިކަމާއި އެކު ނަގަމުންދާނެ ވަނީ ބުނެފައެވެ.

މި ސަަރަހައްދުން ހުޅުމާލެއާއި ވީ ފަޅިއަކީ ގިނަ އުޅަނދުތައް ބޭނުން ކުރާ ސަރަހައްދެކެވެ. އެއީ ހުޅުމާލެ ކޮމާޝަލް ހާބަރ އަދި އާންމުކޮށް ދޯނިތައް ބޭނުން ކުރާ ބަނދަރު އޮންނަނީ މި ސަރަހައްދުގައެވެ.