Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

އިޒްރޭލުގެ ގައުމީ އެއާލައިން ރާއްޖެ އަށް!

އިޒްރޭލުގެ ގައުމީ އެއާލައިން އަލް އެލްގެ ދަތުރުތައް ރާއްޖެ އަށ ފަށަން ޕްލޭންކޮށްފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ޑީނާ ބެން-ތާލް ގަނާޝިއާ ރޮއިޓާސް އަށް ދިން އިންޓަބިއުއެއްގައި ބުނެފައި ވަނީ އެލް އަލްގެ ބޮއިން ބީއޭ. އެން 787 ފްލީޓްގެ އަދަދު 2028 އާ ހަމައަށް އަންނަ އިރު، 22 އިތުރު ކުރަން ނިންމާފައިވާ އިރު، އަލަށް ދަތުރު ފަށަން ފްލޭންކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އިންޑިއާ އާއި ފިލިޕީންސް އާއި އޮސްޓްރޭލިއާގެ އިތުރުން ސިންގަޕޫރަށް ވެސް އަލުން ދަތުރުތައް ފަަށަން ޕްލޭންކޮށްފައިވާ ކަމަށް ޑީނާ ވިދާޅުވި އެވެ.

އަލް އެލް އިން ބުނި ގޮތުގައި ކޮވިޑްގެ ފަހުން އެ އެއާލައިންގެ ދަތުރުތައް އަލުން ހަމައަކަށް އެޅި ކުންފުނީގެ އާމްދަނީ ވެސް އިތުރުވަމުން އަންނަ އިރު، ކުރިއަށް އޮތް ތަނުގައި އޭޝިއާ ބައްރަސށް ދަތުރުތައް ގިނަކުރުމަކީ ވަރަށް ބޮޑު އަމާޒެކެވެ. އަލް އެލް އިން އިންދާޒާކޮށްފައިވާ ގޮތުގައި 2028 އާ ހަމައަށް އަންަނަ އިރު އެ އެއާލައިންގެ އަހަރީ ފައިދާ ވެސް 75 ޕަސެންޓަށް އިތުރުވާނެ އެވެ.

އަލް އެލްގެ ދަތުރުތައް ރާއްޖެ އަށް ކުރަން ޕްލޭންކޮށްފައިވާ ކަމަށް އެއާލައިނުން ބުނި ނަމަވެސް މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް ފަރާތަކުން އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. ރާއްޖެ އަކީ އިޒްރޭލާ އެއްވެސް ގޮތަކުން ގުޅުމެއް ބާއްވާ ގައުމެއް ނޫނެވެ.

ހާއްސަކޮށް، ޕަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ހެދި އިޒްރޭލަކީ ރާއްޖޭން ސިޔާސީ ގުޅުން ގާއިމުކޮށް ނުވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ.

ރާއްޖެ އަކީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ދުނިޔޭގައި އެންމެ މަޝްހޫރު އެއް ގައުމެވެ. އެގޮތުން މިހާރު ވެސް ދުނިޔޭގެ ގިނަ އެއާލައިންތަކެއް ރާއްޖެ އަށް އުދުހެ އެވެ.