Last Updated: July 22, 11:21
Wednesday, July 22, 2026
ދުނިޔެ

ލަންކާ ޓޫރިޒަމްގެ ޓޮޕް މާކެޓަކީ ރަޝިއާ

ސްރީ ލަންކާ އަށް ވެސް މިހާރު އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތްކުރަނީ ރަޝިއާ އިން ކަމަށް ބުނެފި އެވެެ.

މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް ވެސް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ އެ ގައުމުންނެވެ.

ލަންކާގެ އެއާޕޯޓް އެންޑް އޭވިއޭޝަން ސާވިސެސް (އޭއޭއެސްއެލް) އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެކަނި ވެސް ރަޝިއާ އިން އެ ގައުމަށް 29،084 ޓޫރިސްޓުން ގޮސްފައިވެ އެވެ. އެއީ މާކެޓް ޝެއާގެ 27 ޕަސެންޓެވެ. ލަންކާ އަށް ދެން އެންމެ ގިނައިން ޓޫރިސްޓުންޒިޔާރަތްކުރީ އަވައްޓެރި އިންޑިއާއިންނެވެ. އެ ގައުމުން މިދިޔަ މަހުގެ ތެރޭގައި 13،714 ޓޫރިސްޓުން ޒިޔާރަތްކުރި އެވެ. އިނގިރޭސިވިލާތް ތިން ވަނައިގައި އޮތީ 8،575 ޓޫރިސްޓުންނާ އެކީގަ އެވެ.

ގަދަ ފަހެއްގައި ދެން ހިމެނޭ ދެ ގައުމަށް ބަލާ އިރު، މިދިޔަ މަހު ލަންކާ އަށް ޖަރުމަނުން 7،930 ޓޫރިސްޓުން އަދި ފްރާންސުން 6،118 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެ އެވެ.

މިދިޔަ މަހު ލަންކާ އަށް ޒިޔާރަތްކޮށްފައި ވަނީ ޖުމްލަ 107،639 ޓޫރިސްޓުންނެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާ އިރު 11.5 ޕަސެންޓްގެ ކުރިއެރުމެކެވެ.