Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"ސިޓަޑެލް" ގެ ޓްރެއިލާ ދައްކާލައިފި

އެމެޒޯން ޕްރައިމް ވީޑިއޯ އަށް ގެންނަން ތައްޔާރުވަމުން އަންނަ ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ސީރީޒް "ސިޓަޑެލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެންތަނީ އާއި ޖޯ ރުސޯގެ މޭސްތިރިކަމުގެ ދަށުން ހަދާފައިވާ ސީރީޒް ސްޓްރީމްކުރަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 28 ގަ އެވެ. "ސިޓަޑެލް" ގެ ބަތަލަކީ ރިޗަޑް މެޑެން އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސްޓޭންލީ ޓަކީ، ލެސްކީ މެންވިލް، އޭޝްލީ ކަމިންސް، ރޯލަންޑް މޮލާ އަދި އޮޒީ އިކައިލް ހިމެނެ އެވެ.

އޭބީސީގެ ސިލްސިލާ "ކްއަންޓިކޯ" އިން 2015 ގައި ހޮލީވުޑް ދަތުރު ފެށި ޕްރިޔަންކާގެ ކުރިއަށް އޮތް ފިލްމަކީ މެއި 12 އަށް ތާވަލުކޮށްފައި އޮތް "ލަވް އެގެއިން" އެވެ.