Last Updated: July 26, 06:13
Sunday, July 26, 2026
ޚަބަރު

އާ ޖަނަރޭޓަރު ސެޓުން ހިންމަފުއްޓަށް ކަރަންޓު

ފޮޓޯ: ސްޓެލްކޯ

ކ. ހިންމަފުށީގައި އާ ޖަނަރޭޓަރުސެޓުން ކަރަންޓު ހިދުމަތް ދޭން ފަށާފައިވާ ކަމަށް އެރަށުގައި ކަރަންޓު ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި އާ ޖަނަރޭޓަރެއް އެރަށަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން 800W ގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.

ސްޓްލެކޯއިން ބުނެފައިވަނީ މި ޖަނަރޭޓަރުސެޓާއެކު، ހިންމަފުށީގެ ކެޕޭސިޓީ 1450W އިން 2050W އަށް ވަނީ އިތުރުކުރެވިފައިވާ ކަމަށެވެ.