Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

"އާގަލާ" ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރިއަށް

އައްޑޫން ފުރައިގެން މާލެ އަށް ދަތުރު ކުރަމުން ދަނިކޮށް ރޯވި ހިތަދޫ "އާގަލާ" ބޯޓުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

"އަގާލާ" ބޯޓުން ގެއްލިފައިވަނީ އިންޑިއާގެ ރައްޔިތެކެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ އާގަލާ ބޯޓުން ގެއްލިފައިވާ ފަޅުވެރިޔާ ހޯދުމަށް, 6 މާރިޗް 2023 ގައި 332.35 ސްކެއާ ކިލޯމީޓަރު ކަނޑާއި ވައިގެ މަގުން ބަލާފައިވާ ކަމަށެވެ. އަދި މިއަދުވެސް ސަރޗް އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށެވެ.

އާގަލާ" ގައި އަލިފާން ރޯވީ މ. ތުވަރު ކައިރިން މާޗް 5 ވަނަ ދުވަހުގެ ރޭ މެންދަމު 3:00 ޖަހާ އެހާކަށްހާ އިރުއެވެ. ބޯޓްގައި ރޯވުމުން އޭގައި ތިބި މީހުން ކަނޑަށް ފުންމާލިއެވެ. އެއީ 5 ދިވެއްސަކާއި 5 އިންޑިއާ މީހަކާއި 5 ބަންގްލަދޭޝް މީހުންނެވެ.