އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕްގެ ރޭގެ ފުރަތަމަ މެޗްގައި ސަދަން ވޮރިއާސް އަދި އެފްއާރްޓީ ބައްދަލު ކުރި މެޗް 1-1 ލަނޑުން އެއްވަރު ވެއްޖެއެވެ.
މެޗްގެ ފުރަތަމަ ހާފް އެފްއާރްޓީގެ ޔާމީން މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑާއި އެކު ފުރަތަމަ ހާފް ސަދަން ވޮރިއާސްއިން ނިންމާލީ 1-0ގެ ލީޑެއްގައި އޮވެއެވެ. ނަމަވެސް ދެވަނަ ހާފް ނިމެމުން ދަނިކޮށް އެފްއާރްޓީން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަ ހަމަ ކޮށްފައެވެ. މި ލަނޑު ޖަހައި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއާރްޓީގެ އަބްދުﷲ ޝާފިއުއެވެ.
ރޭގެ ދެވަނަ މެޗް ޒިލޯން އާއި އަބާނީ ބައްދަލުކޮށް 5-4 ލަނޑުން ކާމިޔާބް ކުރީ ޒެލޯންއެވެ.
އަދި ރޭގެ ފަހު މެޗްގައި ޝަންގްރިއްލާ އަދި ފްރެންޑްސް ކްލަބް ވާދަކުރި މެޗް 3-3 ލަނޑުން ވަނީ އެއްވަރުވެފައެވެ.
މިރޭ ކުޅޭ މެޗްތައް:
21:30 އެފްވައިސީ- މާކަރީ ޔުނައިޓެޑް
22:30 ހަބޭސް – ޔަންގް ވަންސް
23:30 ކްލަބް މަރަދޫ- އެފްސީ އުސްގަނޑަ