Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސިފައިންނަށް ޒަމާނީ ޖިމެއް ހުޅުވައިފި

އެމްއެންޑީއެދްގެ ކަޅުތުއްކަލާ ކޮށީގައި އެންމެ ޒަމާނީ ވަސީލަތްތަކާ އެކީ ގާއިމު ޖިމް "ސެނަފިޓް ސެންޓަ" ހުޅުވައިފި އެވެ.

ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެތަން ހުޅުއްވައި ދެއްވީ ދިފާއީ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއާޕަސަން ފާތިމާ އަލް ކުވާރީ އެވެ.

"ސެނަފިޓް ސެންޓަ" އަކީ ސިފައިންގެ ގިނަ ބަޔަކަށް އެއްފަހަރާ ޖިމް ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށާއި އަދި ކުރިން ޖިމުން ލިބެން ނެތް އައު ވަޞީލަތްތައް ސިފައިންނަށް ފޯރުކޮށް ދިނުމުގެ ބޭނުމުގައި، ސިފައިންގެ ލީޑަޝިޕު އިން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން އުރީދޫ މޯލްޑިވްސްގެ އެހީއާ އެކު ޤާއިމްކުރެއްވި ޖިމެކެވެ.

މިއީ އެ ކުންފުނީގެ އިތުޖިމާއީ ޒިންމާގެ ތެރެއިން، ޞިއްޙަތާއި ދުޅަހެޔޮކަމަށް ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް އަށް ވެދިން އެހީތެރި ކަމެކެވެ.

"ސެނަފިޓް ސެންޓރ" ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް ހާމާދީ އާއި ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.