Last Updated: July 18, 18:21
Friday, July 18, 2025
ޚަބަރު

ގުރައިދޫ ދާއިރާ އަށް އެމްއެންޕީގެ ޓިކެޓް އާރިފަށް

އަންނަ މަހު ބާއްވާ ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ގޮނޑީގެ ބައި-އިލެކްޝަނަށް އެމްއެންޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކަށް އަލީ އާރިފު ހަމަޖެހިއްޖެ އެވެ.

ގުރައިދޫގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އާރިފަށް ޓިކެޓް ލިބުނީ ބައި-އިލެކްޝަންގައި ވާދަކުރަން އެމްއެންޕީން ހުޅުވައިލި މުއްދަތު އިއްޔެ ހަމަވި އިރު، އޭނަ އެކަނި ކުރިމަތިލާފައިވާތީ އެވެ. އެހެންވެ ޕްރައިމަރީއަކާ ނުލައި އާރިފުމ 47، އަށް ޓިކެޓް ލިބުނީ އެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 15 ގަ އެވެ.

މީގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީ އަށް ހުޅުވައިލުމުން ހަތަރު މީހަކު ނަން ހުށަހަޅާފައިވެ އެވެ. އަދި ޕީޕީއެމުން ވެސް ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް ވާދަކުރެ އެވެ. މި އިންތިހާބު ބާއްވަން ޖެހުނީ އެ ޕާޓީގެ މެމްބަރެއްގެ ހުންނެވި އިބްރާހީމް ރިޒާ މިދިޔަ މަހުގެ 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.