މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކުރިމަތިލާން ޖެހުނީ ހިތްދަތި ބޮޑު ވަބާ، ކޮވިޑް-19 ގެ ވާހަކައެއް ކިޔައިދޭ ފިލްމެއް މި މަހު ރިލީޒްކުރަން ތައްޔާރުވެއްޖެ އެވެ.
މި މަހުގެ 24 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "ބީޅް" އަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު އަނޫބަވް ސިންހާ ހަދާފައިވާ ޑްރާމާ ފިލްމެކެވެ. ކަޅާއި ހުދުން ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމުގެ މައިގަނޑު ކާސްޓްގައި ރާޖްކުމާރު ރާއޯ އާއި ބޫމީ ޕިޑްނޭކަރާއި ދިއާ މިރުޒާ އާއި އަޝުތޯޝް ރާނާ އާއި ޕަންކަޖް ކަޕޫރާއި ކްރިތިކާ ކަމްރާ އަދި ކުމުދު މިޝްރާ ފަދަ ފަންނާނުން ހިމެނެ އެވެ.
"ބީޅް" ގައި އިންޑިއާ ކޮވިޑް ތެރޭގައި އުފުލި ވޭނާއި އާންމުންނަށް ޖެހުނު ދަތި އެތައް ހާލެއް ދައްކުވައި ދޭނެ އެވެ،
މިފަދަ ފިލްމެއް މިދިޔަ އަހަރު ޑައިރެކްޓަރު މަދޫރް ބަންޑާކަރް ވެސް "އިންޑިއާ ލޮކްޑައުން" ގެ ނަމުގައި ގެނެސްދިނެވެ.