ރައްޔިތުންގެ މަޖިލީހުގައި އަންހެން މެންބަރުން އިތުރުވާނޭ ގޮތަކަށް މަސައްކަތް ކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަަޝީދު ވިދާޅުވެއްޖެއެވެ.
މިއަދަކީ ބައިނަލްއަގްވާމީ ގޮތެއްގައި ފާހަގަކުރަމުން އަންނަ އަންހެންގެ ދުވަހެވެ.
މިދުވަހާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އަންހެން ބޭފުޅުން ހިމެނިގެންދާނޭ ގޮތާގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން މިއަދު ފުންކޮށް ވިސްނާކަމަށެވެ.
ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ބަދަލުގެނައުމަކީ ޕާޓީތަކުގެ ޒިންމާއަކަށް ވާންޖެހޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މަޖިލީހުގައި މެންބަރުން ތަމްސީލުވާއިރު އަންހެނުންނަށް ހާއްސަ ފަހިކަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަކީ އަޒުމު ކަނޑައަޅަންވީ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.
19ވަނަ މަޖިލީހަށް ހޮވިފައިވަނީ ހަތަރު އަންހެން މެންބަރުންނެވެ.