Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

"އެވަޓާ 2" މި މަހު ސްޓްރީމިން އަށް

މިދިޔަ އަހަރު އެންމެ ބޮޑު އާމްދަނީއެއް ހޯދި ހޮލީވުޑްގެ ފިލްމު "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ޑިޖިޓަލް ޕްރީމިއާއަކަށް ތައްޔާރުވެއްޖެ އެވެ.

ޑައިރެކްޓަރު ޖޭމްސް ކެމެެރޮން 2009 ގައި ގެނެސްދިން "އެވަޓާ" ސީކްއެލް، ތިން ޕްލެޓްފޯމަކުން މި މަހުގެ 28 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވެ އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯ އާއި އެޕަލް ޓީވީގެ އިތުރުން ވޫޑޫއިންނެވެ. "އެވަޓާ: ދަ ވޭ އޮގް ވޯޓާ" ޑިޖިޓަލް ޕްރީމިއާއަށް ދޫކޮށްލާ ވާހަކަ ފިލްމުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ގައި ރިލީޒްކުރި ފިލްމަށް ބޮކްސް އޮފީހުގައި 2.283 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ހެދީ 460 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.