Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ފަަސް އަހަރު ކުރީގެ ފިލްމެއް ޗައިނާ އަށް

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" މި މަހު ޗައިނާގައި ރިލީޒްކުރަން ނިންމައި އެ ގައުމުގެ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރު ވެސް އާންމުކޮށްފި އެވެ.

ފިލްމުގެ ތަރިން ކަމަށްވާ ވަރޫން ދަވަނާއި އަނުޝްކާ ޝަރުމާ ވެސް ޕޯސްޓަރު އެ މީހުންގެ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ސެޕްޓެމްބަރު 28، 2018 ގައި ރިލީޒްކުރި "ސުއީ ދާގާ" ގައި އެ ދެ ތަރިން ކުޅެފައި ވަނީ ވަރަށް "ޑިގްލެމަރަސް" ރަށްފުށުގެ ދެމަފިރިއެއްގެ ރޯލެވެ.

އަދިތިޔާ ޗޯޕްޅާގެ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ޝަރަތު ކަތަރިއާ ލިޔެ، ޑައިރެކްޓްކުރި "ސުއީ ދާގާ" ޗައިނާގެ ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ މި މަހުގެ 31 ގަ އެވެ. މި ފިލްމަކީ އެންމެ 48 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 125.09 ކްރޯޑް ރުޕީސް (15.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.

މިދިޔަ މަހުގެ ތެރޭގައި ޗައިނާގައި، ކުރީގެ ބަތަލާ ސްރީދޭވީގެ 2012 ގެ "އިންގްލިޝް ވިންގްލިޝް" ވެސް ދައްކާފައިވެ އެވެ.