ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ޕްރައިވެޓައިޒް ކުރެވިދާނެ ކުންފިނިތަކުގެ ލިސްޓެއް ރައީސް އޮފީހަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ފޮނުވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި އެ ބޯޑުގެ ސެކްރެޓަރީ ޖެނަރަލް އަހުމަދު ޔާމީން ވިދާޅުވީ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކރެއް ޕްރައިވެޓައިޒްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޕްރައިވެޓައިޒް ކުރެވިދާނެ ކުންފުނިތަކެއްގެ ލިސްޓް މިހާރު ރައީސް އޮފީހަށް ފޮނުވާފައި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮންކޮން ކުންފުނިތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރުގެ ކުންފުނިތައް ޕްރައިވެޓައިޒްކުރުމަށް ހަދަން ޖެހޭ ގަވައިދުތައް ވެސް ވަނީ ހަދައިފަ އެވެ. ހަދާފައިވާ ކަމަށެވެ.
"ގާނޫނުގައި މައިގަނޑު ގޮތެއްގައި އޮންނަނީ ޕްރައިވެޓައިޒް ކުރުމާއި ކޯޕަރޭޓްކުރުމުގެ މަސައްކަތް. ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތެއްގަ އަދި ކުރިއަކަށް ނުދޭ." އޭނާ ވިދާޅުވި އެވެ. "އެއީ އަޅުގަނޑުމެންގެ ކޮންޓްރޯލްގައި ނެތް ކަމެއް. އެހެން ނަމަވެސް، ހަދަން ޖެހޭ ޤަވާއިދުތަކާ އެއްޗެހި ހަދާފައި އަޅުގަނޑުމެން ވާނީ ރައީސް އޮފީހަށް ފޮނުވާފައި."
ސަރުކާރުން ވަނީ 2021-2023 އަށް ޕަރައިވެޓައިޒޭޝަން ޕްރޮގްރާމްއެއް އެކުލަވާލައިފަ އެވެ. އަދި ކުންފުނިތައް ޕަރައިވެޓައިޒްކޮށްގެން ތިން އަހަރުގެ ތެރޭގައި ދެ ބިިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވެ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަދަދަކީ 31 އެވެ.