Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

އެމްއެމްއޭ އިން ގާތުންދޭ މައިންނަށް ލުޔެއް

އެމްއެމްއޭގައި މަސައްކަތް ކުރާ ގާތުންދޭ މައިންނަށް ދޭ އިތުރު ގަޑި އިތުރުކޮށްފި އެވެ.

އެމްއެމްއޭ އިން ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް މިއަދު ފާހަގަކޮށްފައިވާއިރު އެ އޮތޯރިޓީގައި ގާތުންދޭ މައިންނަށް ދެވޭ 1 ގަޑިއިރުގެ ވަގުތު 2 ގަޑިއިރަށް މިއަދުން ފެށިގެން ވަނީ އިތުރުކޮށްފަ އެވެ.

އެމްއެމްއޭ އިން ބުނީ މި ބަދަލާއެކު މިއަދުން ފެށިގެން ގާތުންދޭ ހުރިހާ މައިންނަށް ވެސް މަސައްކަތުގެ ގަޑީގެ ތެރެއިން 2 ގަޑިއިރުގެ ހުސްވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށް ލިބިގެންދާނެ ކަމަށެވެ.

އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދު ވެސް ދަނީ ނަމޫނާ ދައްކަމުންނެވެ. އެގޮތުން ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ 6 މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް އެމްއެމްއޭ އެވެ.