Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަންހެނުން އެންމެ ބޮޑަށް ބާރުވެރިކުރުވީ މި ސަރުކާރުން

ރާއްޖޭގައި މިހާތަނަށް އަންހެނުން އެންމެ ބޮޑަށް ބާރުކުރުވި ސަރުކާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

އިއްޔެ ފާހަގަކުރި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައި އޭނަ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ އަންހެނުން ބާރުވެރި ކުރަން އެންމެ ބޮޑު މަސައްކަތްކުރީ މި ސަރުކާރުން ކަމަށެވެ.

"ބަޔަކު ހިތްހަމަޖެހުނަސް ނުޖެހުނަސް ފެންނަން އޮތް ހަގީގަށް މިއީ." މަވޯޓާ ވިދާޅުވި އެވެ.

އޭނަ ވިދާޅުވި ގޮތުގައި އޭޝިއާ އާއި މެދުއިރުމައްޗަށް ބެލިކަމުގައި ވިޔަސް ދެޖިންސްގެ ހަމަހަމަ ކަމަށް ބަލާ އިރު ރާއްޖެ އަކީ އަންހެނުންނަށް އެންމެ ފަހި ގައުމު ކަމަށެވެ.

"ރާއްޖޭގެ ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެނުންނަށް ވުރެ ވެސް އަންހެނުން ގިނަ. އަދި އިގުތިސާދީ ދާއިރާގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އަންނަނީ އިތުރުވަމުން." މަވޯޓާ ވިދާޅުވި އެވެ.

އަންހެނުންގެ ދުވަހާ ގުޅުވައި ރައީސް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ މުސްތަލު ކުރިއެރުވެން އޮތީ އަންހެނުންގެ ދައުރާ އެކީގައި ކަމަަށާއި ޑިޖިޓަލް ދުނިޔޭގައި އަންހެނުން ބާރުވެރިކުރުވަން ހާއްސަ އިސްކަމެއް ވެސް ދޭން ޖެހޭ ކަމަށެވެ.