Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

އަކްޝޭ ވައިގެ އަސްކަރީ އޮފިސަރަކަށް

ބޮލީވުޑްގެ ތަރި އަކްޝޭ ކުމާރު "ސްކައި ފޯސް" ކިޔާ ފިލްމެއްގައި އިންޑިއާގެ ވައިގެ އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅެން ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ މި ފިިލްމަކީ ކާމިޔާބު ފިލްމުތަކެއް ގެނެސްދެމުން އަންނަ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ މި އޭރިއަލް އެލްޝަން ޑްރާމާގެ ޝޫޓީން އަންނަ މެއި މަހުގެ ތެރޭގައި ފަށާނެ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެކަމަކު "ސްކައި ފޯސް" ޑައިރެކްޓްކުރާނީ ކާކު ކަމެއް އަދި ސާފެއް ނުވެ އެވެ. ޕިންކްވިލާ އިން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު، މިއިން ބޮލީވުޑަށް އާ ބަތަލާއަކު ވެސް ތައާރަފުކުރާނެ އެވެ. "ސްކައި ފޯސް" ވާނީ މެޑޮކް އަށް އަކްޝޭ ކުޅޭ ފުރަތަމަ ފިލްމަށެވެ.

މި ފަހުން ރިލީޒްވި ހުރިހާ ފިލްމުތަކެއް ފްލޮޕްވި 55 އަހަރުގެ އެކްޓަރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހުގެ 24 ގައި ރިލީޒްކުރި "ސެލްފީ" އެވެ. އަކްޝޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޯ މައި ގޯޑް (އޯއެމްޖީ) 2"، "ބަޅޭ މިޔާ، ޗޯޓޭ މިޔާ"، "ކެޕްސޫލް ގިލް"، "ޗަތުރަޕަތީ ޝިވާޖީ މަހާރާޖް"، "ހީރާ ޕޭރީ 4" އަދި "ކޭލް ކޭލް މޭ" ހިމެނެ އެވެ.