އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ އިންޑިއާގެ ތަޖުރިބާކާރު އެކްޓަރު ސަތިޝް ކޯޝިކް މިއަދު މަރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ 66 އަހަރުގެ އެކްޓަރު މަރުވީ ނިއު ދިއްލީގައި ހާޓްއެޓޭކެއް ޖެހިގެން ކަމަށެވެ. ސަތިޝްގެ މަރާ ގުޅިގެން ބޮލީވުޑްގެ އެތައް ބަޔަކު މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.
ސަތިޝްއާ އެކީ އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ ގާތް އެކުވެރިޔާ އަދި މަޝްހޫރު އެކްޓަރު އަނޫޕަމް ކޭރް ކުރި ޓްވީޓެއްގައި އާއިލާގެ މީހުންނާ ހަވާލާދީ ބުނެފައި ވަނީ ސަތިޝް މަރުވީ ނޭވާލާން އުނދަގޫވާ ކަމަށް ބުނުމުން ހޮސްޕިޓަލަށް ގެންދިއުމުގެ މަގުމަތީގައި ކަމަށެވެ.
Woke up to this horrible news, he was my biggest cheerleader, a very successful actor and director #SatishKaushik ji personally was also a very kind and genuine man, I loved directing him in Emergency. He will be missed, Om Shanti 🙏 pic.twitter.com/vwCp2PA64u
— Kangana Ranaut (@KanganaTeam) March 9, 2023
އާންމުކޮށް ކޮމެޑީ ރޯލްތަކުން ފެންނަ އަދި އެފަދަ ރޯލުތަކުން ބެލުންތެރިންގެ ލޯބި ވަރަށް ބޮޑަށް ހޯދާފައިވާ ސަތިޝް އަކީ މިހާތަނަށް ބޮލީވުޑްގެ މަޝްހޫރު ވަރަށް ގިނަ ތަރިންނާ އެކީ މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ. އަދި މަޝްހޫރު އެތައް ފިލްމެއްގައި އޭނަ މަސައްކަތްކޮށްފައިވެ އެވެ. ސަތިޝް އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ ޖެނުއަރީ މަހު ޒީ5 އިން ޕްރީމިއާކުރި ބަތަލާ ރަކުލް ޕްރީތު ސިންގުގެ "ޗަތުރީވާލީ" އިންނެވެ.
I am so shocked to hear the demise of actor-director Satish Kaushik ji, who was always vibrant, energetic and full of life, he will be missed immensely by the film fraternity & millions of admires, My deepest condolences to his family members. #OmShanti.🙏 @satishkaushik2 pic.twitter.com/Q9Sd0M1f28
— Madhur Bhandarkar (@imbhandarkar) March 9, 2023
އޭނަ ކުޅުނު ފިލްމުތަކުގެ ތެރޭގައި "މާސޫމް"، "މިސްޓަ އިންޑިއާ"، "ސާގަރް"، "ދީވާނާ މަސްތާނާ" "ޕަރުދޭސީ ބާބޫ" އަދި "އާ އަބް ލޯޓް ޗަލޭ" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.
އެކްޓަރެެއްގެ އިތުރުން ސަތިޝް އަކީ ޑައިރެކްޓަރެއް ވެސް މެ އެވެ. އޭނަ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި އައިޝްވާރިއާ ރާއީގެ "ހަމާރާ ދިލް އާޕް ކޭ ޕާސް ހޭ" އާއި ސަލްމާން ޚާންގެ "ތޭރޭ ނާމް" އާއި ކަރީނާ ކަޕޫރްގެ "މިލޭގޭ މިލޭގޭ" އާއި ކާޖޮލްގެ "ހަމް އާޕް ކެ ދިލް މޭ ރެހެތޭ ހޭ" ގެ އިތުރުން ސްރީދޭވީގެ "ރޫޕް ކީ ރާނީ ޗޯރޯން ކާ ރާޖާ" އެވެ.
Woke up to the sad news of Satishji’s (Kaushik) demise. I've shared laughs with him on & off screen. His presence filled a frame. In life too, whenever we met, he brought a smile to my face. Condolences to his family. RIP Satish Ji🙏 pic.twitter.com/GTO2kFAPr3
— Ajay Devgn (@ajaydevgn) March 9, 2023
ސަތިޝްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަންގަނާ ރަނާވަރު ޑައިރެކްޓްކޮށް ކުޅެ، މި އަހަރުގެ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "އިމަޖެންސީ" ހިމެނެ އެވެ.