މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އެމެރިކާ ސްކޫލެއްގައި ބަޑިއަކުން ޓީޗަރަށް، ހަމަލާދިން ހަ އަހަރުގެ ދަރިވަރަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް އެވެ.
ޖެނުއަރީ މަހުގެ ކުރީކޮޅު ވާޖިނިއާގެ ނިއުޕޯޓް ނިއުސްގެ ރިޗްނެކް އިލެމެންޓްރީ ސްކޫލްގައި ހިނގި އެ ހާދިސާގައި ދަރިވަރުގެ ހަމަލާ އަމާޒުވީ އަބިގައިލް ވާނާ ކިޔާ 25 އަހަރުގެ އަންހެން ޓީޗަރަކަށެވެ. އެ ހާދިސާގައި އޭނަގެ މެޔާއި އަތަށް ވަޒަން އަރައި ޒަހަމްވި އެވެ.
އަދި އެ ހަމަލާއާ ގުޅިގެން ދަރިވަރަކު ވަގުތުން ހައްޔަކުރި އެވެ. ނަމަވެސް އެ ކުއްޖާގެ މައްޗަށް ދައުވާ ނުކުރަން މިހާރު ވަނީ ނިންމައިފަ އެވެ. ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ދަބަހުގައި ބަޑިއެއް ސްކޫލެއް ގެންދިޔައީ ގެއިންނެވެ. އަދި އެ ބަޑި އަކީ ކުއްޖާގެ މަންމަ ގަނެފައިވާ އެއްޗެކެވެ.
އެހެންވެ އެ މައްސަލާގައި ދަރިވަރަށް ދައުވާ ނުކޮށް، ކުއްޖާގެ ބެލެނިވެރިއަކަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ނިއުޕޯޓް ނިއުސްގެ ކަމާބެގޭ އިދާރާތަކުން ބުންޏެވެ.