ރާއްޖޭގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި މަތީ ތައުލީމުގެ ފުރުސަތު އެންމެ ގިނައިން ލިބިފައި ވަނީ އަންހެނުން ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ހިލޭ ޑިގްރީ އާއި ސްކޮލަޝިޕާއި ސްޓޫޑެންޓް ލޯނުގެ ފުރުސަތު ވެސް އެންމެ ގިނައިން ލިބިފައި ވަނީ އަންހެނުންނަށެވެ. އެގޮތުން 2019-2022 ސަރުކާރުން ހިލޭ ޑިގްރީގެ ފުރުސަތު 16،917 މީހަކަށް ދިން އިރު، އޭގެ ތެރެއިން 67 ޕަސެންޓަނީ އަންހެނުންނެވެ. ފިރިހެނުންގެ ނިސްބަތަކީ 38 ޕަސެންޓެވެ.
Education is the most powerful tool to enlighten, encourage and empower women.#WomensDay pic.twitter.com/ORjPLuSwD3
— Ministry of Higher Education (@MoHEmv) March 8, 2023
އެ މި މުއްދަތުގެ ތެރޭގައި 538 މީހަކަށް ސްކޮލަރޝިޕްގެ ފުރުސަތު ދީފައިވެ އެވެ. އޭގެ ތެރެއިން 61 ޕަސެންޓަކީ އަންހެނުންނެވެ. އަދި ފިރިހެނުންގެ ޕަސެންޓަކީ 39 އެވެ.
ސުޓޫޑެންޓް ލޯނަށް ބަލާ އިރު ފާއިތުވެ ހަތަރު އަހަރު 1،387 ދަރިވަރަކަށް މަތީ ތައުލީމުގެ ލޯނު ދިނެވެ. އަދި އޭގެ ތެރެއިން 42 ޕަސެންޓް ލިބުނީ އަންހެން ދަރިވަރުންނަށެވެ. އަދި ފިރިހެން ދަރިވަރުންގެ ޕަސެންޓަކީ 58 އެވެ.