Last Updated: July 26, 18:11
Monday, July 27, 2026
މުނިފޫހިފިލުވުން

ނިކްގެ އިންޑިއާގެ ލަވައެއް

އިންޑިއާ އަށް އުފަން މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސް އިންޑިއާ އަށް ނިސްބަތްވާ ފަންނާނަކާ އެކީ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

"ޖޯނަސް" ބްރަދާސް" ގެ ނަމުގައި އާއިލީ ބޭންޑެއް ހިންގަމުން އަންނަ އެމެރިކާގެ ފަންނާނު އާއި ކިންގްގެ ނަމުން މަޝްހޫރު އިންޑިއާގެ ލަވަކިޔުންތެރިޔާ މާދަމާ ފޭނުންނަށް ދޫކޮށްލާ ލަވަ އަކީ ކިންގް "މާން މޭރީ ޖާން" ގެ ނަމުގައި ގެނެސްދިން ހިޓް ލަވައިގެ އާ ވާޝަނެކެވެ. މިއަށް ދީފައިވާ ނަމަކީ "އާފްޓަލައިފް" އެވެ.

މި ލަވައިގެ ވާހަކަ ނިކް އާއި ކިންގް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައިވެ އެވެ. މިއީ އިންޑިއާގެ މިއުޒިކީ ފަންނާނަކާ ގުޅިގެން ނިކް ލަވައެއް ގެނެސްދޭ ފުރަތަމަ ފަހަރެވެ. އެކަމަކު އޭނަ އަކީ އިންޑިއާގެ މިއުޒިކަށް އާ މީހެއް މީހެއް ނޫނެވެ. ހިންދީ ލަވަތަކަށް ނިކް ނަށާ ވީޑިއޯތައް ދޭތެރެ ދޭތެރެ އިން ސޯޝަލް މީޑިއާގައި އާންމުވެ އެވެ.

ނިކް އާއި އޭނަގެ ދެ ބެބޭއިން ކަމަށްވާ ޖޯ ޖޯނަސް އާއި ކެވިން ޖޯނަސްގެ ބޭންޑް "ޖޯނަސް ބްރަދާސް" ގެ ކުރިއަށް އޮތް އަލްބަމަކީ މެއި 12 ގައި ރިލީޒްކުރާ "ދި އަލްބަމް" އެވެ. މިއީ އެ މީހުންގެ ހަ ވަނަ އަލްބަމެވެ.

މިހާރު އިންޑިއާގައި ވަަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ކިންގް އެންމެ ފުރަތަމަ ބޮލީވުޑްގެ ފިލްމަކަށް ކީ ލަވަ އަކީ މިދިޔަ އަހަރު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ޑްރިޝަމް 2" ގައި ހިމެނޭ "ސަހީ ގަލަތު" އެވެ.