Last Updated: July 6, 18:01
Sunday, July 6, 2025
ޚަބަރު

މަސައްކަތެއް ކުރުމަށް މިއަދު މާލެއިން ކަރަންޓު ކެނޑިދާނެ

މަސައްކަތެއް ކުރުމަށް މިއަދު މާލޭގެ ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް މިއަދު ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މިއަދު މެންދުރު 14:30 އިން 17:30 އަށް ހެންވޭރުގެ ބޮޑުތަކުރުފާނު މަގާއި، އަމީރު އަހުމަދު މަގު އަދި މެހެލި ގޯޅިއާއި، ފިލިގަސް މަގާއި، ސަނދުބަރަކަ ގޯޅީގެ އިތުރުން ރޯޝަނީ މަގާއި، ގަލަދުން ގޯޅިން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މީގެއިތުރުން މިއަދު މެންދުރު 14:00 އިން 16:30 އަށް ގަލޮޅުގެ އަލިކިލެގެފާނު މަގާއި، ބޮކަރުމާ ގޯޅި، ހިތަށްފިނިވާމަގު، އަދި ކަޅުހުރާ މަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި ދެމުންއަންނަ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.