Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ފެށުމުގައި ލަސްތަކެއް ހުއްޓަސް ޕްރޮޖެކްޓްތައް ކުރިއަށް ދާނެ

ސްޕޯކްސްޕާސަން މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

ބައެއް ޕްރޮޖެކްޓްތައް ފެށުމުގައި ލަސްތަކެއް ހުރިނަމަވެސް ސަރުކާރުން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ބައެއް ރަށްރަށުގެ ހޮސްޕިޓަލްތައް އެޅުމަށް ހަވާލުކުރެވި އެ މަސައްކަތްތައް ކުރިއަށްނުދާތީ އެޕްރޮޖެކްޓްތައް ލަސްވާ ސަބަބާއި ގުޅޭގޮތުން ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ފާއިތުވި ދެ އަހަރުގެ ތެރޭގައިވެސް ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަމުން އައިސްފައިވާ ކަމަށެވެ. އެގޮތުން ރަށްރަށުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކުގެ ޓައިމްލައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައިނަމަވެސް ޕްރިޖެކްޓްތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އައި ބަދަލުތަކާ، ކޮވިޑަށްފަހު އިރުމަތީ ޔޫރަޕުގެ ހަނގުރާމައިގެ ސަބަބުން ކޮންމެވެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެގޮންޖެހުންތަކުގެ ސަބަބުން ބައެއް ޕްރިޖެކްޓްތައް ފެށުމުގަ ކޮންމެވެސް ވަރެއްގެ ލަސްތަކެއްހުރިނަމަވެސް ޕްރޮޖެކްޓްތައް ކުރިއަށްދާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.