Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އިޒްރޭލުގެ އެއާލައިނަށް ރާއްޖެއިން ހުއްދަ ނުދޭނެ

ސްޕޯކްސްޕާސަން މިއުވާން މުހައްމަދު- ފޮޓޯ: ރައީސް އޮފީސް

އިޒްރޭލުގެ ގައުމީ އެއާލައިން އެލް އާލްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހުއްދަ ނުދޭނެކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު ރައިސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކުވަނީ އެ އެއާލައިންގެ ދަތުރަށް ރާއްޖެއަށް ފެށުމަށް ޝައުގުވެރިކަން ފާޅުކޮށްފައިއޮތް ހަބަރާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވީ ދަތުރުތައް ފެށުމާ ގުޅޭގޮތުން އިޒްލޭލުގެ ފަރާތުންވެސް އަދި އެ އެއާލައިންގެ ފަރާތުންވެސް ރާއްޖެއަށް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށެވެ.

އިޒްރޭލާއި ރާއްޖެއާ ދެމެދު ވިޔަފާރި ނުކުރާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވި ދެގައުމުގެ ދެމެދުގައި އެއާ ސާވިސް އެގްރިމެންޓެއް ވެސް ނޯންނާނެ ކަމަށެވެ. އަދި އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ބަޔަކަށް ކަމެއްގައި ޝައުގުވެރިކަން ހުރިވާހަކަ ނޫހެއްގައި ދެއްކިދާނެ ކަމަށާއި އެހެންނަމަވެސް އެކަން ނުވާނެ ކަމަށެވެ.

އިޒްރޭލުގެ ގައުމީ އެއާލައިން އެލް އާލްގެ ދަތުރުތައް ރާއްޖެއަށް ފެށުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ޑީނާ ބެން-ތާލް ގަނާޝިއާ ރޮއިޓާސް އަށް ދިން އިންޓަވިއުއެއްގައެވެ.