Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަައްޑޫ ގޯތި ކޮމިޓީ އަށް ހުޅުވާލައިފި

އައްޑޫގެ ހަތަރު އަވަށަކުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތަށް އެކުލަވާލާ ކޮމިޓީ އަށް އެ އަވަށްތަކުން ތަމްސީލުކުރާ މެމްބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ގޯތި ދޫކުރަން ހުޅުވާލި އަވަށްތަކަކީ ހިތަދު އާއި ފޭދު އާއި މީދޫގެ އިތުރުން ހުޅުދު އެވެ. މި އަވަށްތަކުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވާލައި ސުންގަޑި ހަމަވި އިރު، ޖުމްލަ 4،096 ފޯމް ހުށަހަޅާފައިވެ އެވެ.

އެހެންވެ އެ ފޯމްތައް އިވެލުއޭޓްކުރާނީ މިނިވަން މުސްތަގިއްލު ކޮމިޓީއަކުން ކަމަށާއި އެ ކޮމިޓީއަކަށް ހަތަރު އަވަށުން ވެސް ރައްޔޮތުން ތަމްސީލުކުރާ މެމްބަރަކު ބޭނުންވާ ކަމަށް ކައުންސިލުން ބުންޏެވެ. އެކަމަށް ކޮމިޓީގެ މެމްބަރަކަށްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.

ނަން ހުށަހަޅަން ޖެހެނީ މި އީމެއިލްތަކަށެވެ.

* ހިތަދޫ އަވަށު އޮފީސް: [email protected]
* ފޭދޫ އަވަށު އޮފީސް: [email protected]
* ހުޅުދޫ އަވަށު އޮފީސް: [email protected]
* މީދޫ އަވަށު އޮފީސް: [email protected]

ކައުންސިލުން ބުނި ގޮތުގައި ނަން ހުށަހަޅާ މީހުން ވާން ޖެހޭނީ އެއްވެސް އަވަށަަކުން ގޯއްޗަކަށް ކުރިމަތި ނުލާ އަދި އިވެލުއޭޝަނަށް ވަގުތު ދެވޭ މީހުންނެވެ.

ގިނަ އަހަރުތަކެއް ފަހުން އައްޑޫގެ ހަތަރު އަވަށަކުން ގޯތި ދޭން ނިންމި އިރު، ހިތަދޫން 500 ގޯތި، ފޭދޫން 300 އަދި ގޯތި މީދު އާއި ހުޅުދޫން ކޮންމެ އަވަށަކުން 100 ގޯއްޗަށް ހުޅުވާލި އެވެ.