Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އެކްސްޕެޓް ސިސްޓަމް އަލުން ފަށަނީ

މިދިޔަ މަހުގެ ތެރޭގައި މެދުކަނޑާލި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަމުން އަންނަ އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހު އަލުން ފަށަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ބަޔާނެއްގައި ބުނީ އެކްސްޕެޓް ސިސްޓަމުގެ ޚިދުމަތް އަންނަ އާދިއްތަ ދުވަހު އަލުން ފަށާއިރު، ރާއްޖޭގައި މަސައްކަތް ކުރުމަށް އަންނަ ބިދޭސީންނަށް ދައްކަން ޖެހޭ 2،000ރ. ކޯޓާ ފީ ވެސް ދެއްކޭނޭ ކަމަށެވެ.

އެކްސްޕެޓް ސިސްޓަމްގެ ޚިދުމަތް މެދުކަނޑާލާފައި ވަނީ މިދިޔަ މަހުގެ 26 ގަ އެވެ. އޭގެ ހިދުމަތް މެދުކަނޑާލީ އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ދެމުން އަންނަ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ތަރައްޤީކޮށް ހަރުދަނާކުރުމަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ރާއްޖެ އަކީ އެކި ދާއިރާތަކުގައި ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ.