Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ގޭގައި ހުރެގެން ބައިވެރިވޭ ޤުރުއާން މުބާރާތެއް

ދާދި ފަހުން ކޭބަލް ޓީވީގެ ހިދުމަތް ދޭން ފެށި އެސްއެސްނެޓުގެ އެސްއެސްޓީވީން ތަފާތު ގޮތަކަށް ކުރިއަށް އޮތް ރޯދަ މަހު ޤުރުއާން މުބާރާތެއް ބާއްވަން ނިންމައި އޭގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

"ހައްޤުލް ޔަޤީން" ގެ ނަމުގައި ބާއްވާ ޤުރުއާން މުބާރާތަކީ އޭގައި ބައިވެރިވާ ކުދިންނަށް އެ މީހުންގެ ރަށުގައި ގޭގައި ތިބެގެން މުބާރާތުގެ ކިޔެވުން ހުށަހަޅައި ދެވޭނެ އެވެ. އެގޮތުން 7 އަހަރުން ދަށާއި 9 އަހަރުން ދަށާއި 11 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން 13 އަހަރުން ދަށުގެ އުމުރުފުރާ އަށް ހާއްސަކޮށްފައިވާ މިބާރާތުގެ ބައިވެރިން ޖެހޭނީ ހަ ފޮޅުވަތަށް ވުރެ ދިގު ނޫން ކިޔެވުން ރެކޯޑުކޮށްފައި އެސްއެސްޓީވީ އަށް ފޮނުވާށެވެ.

"ހައްޤުލް ޔަޤީން" ޤުރުއާން މުބާރާތުގެ އެއްވަނަ އަށް 25،000ރ. ރުފިޔާ، ދެވަނަ އަށް 15،000ރ. އަދި ތިންވަނަ 10،000ރ. ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ އެވެ.

މުބާރާތުގެ ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ މާރިޗު މި މަހުގެ 15 ގެ މެންދުރު 12:00 އަށެވެ. މުބާރާތުގައި ބައިވެރިވާން މެސެޖްކުރާނީ މި ގޮތަށެވެ. SMS: HY (Name, Age, Rashuge nan) send to 2747