Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މާހެފުމަށް ކުޑަގިރީގައި ހާއްސަ މެނޫއެއް

ކުރިއަށް އޮތް ރޯދަ މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ފޯރީގައި މާހެފުމުގެ ހަރަކާތްތައް ބާއްވަން ބޭނުންވާ މީހުންނަށް ކުޑިގިރި ޕިކްނިކް އައިލޭންޑުން އެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޑަގިރިން ވަނީ މާހެފުމަށް ހާއްސަ މެނޫއެއް ވެސް ތައާރަފުކޮށްފަ އެވެ. އޭގައި 16 ބާވަތެއް ހިމަނާފައިވާ އިރު، މާހެފުމަށް ބޮލަކަށް ނަގަން ހަމަޖެހިފައި ވަނީ 165ރ. އެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3356454 އިން ލިބޭނެ އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރުދާން ހާއްސަކޮށްގެން ތަރައްގީކުރި ކުޑަގިރި ހުޅުވީ މިދިޔަ މަހުގެ 11 ގަ އެވެ. މި ރަށަކީ މާލޭން ލޯންޗުން ފުރައިގެން 15 ވަރަކަށް މިނިޓުން ދެވޭ ހިސާބުގައި އޮތް އަދި ދަތުރުދާ މީހުންނަށް ބޭނުންވާ ގިނަ ވަސީލަތްތަކެއް ފުރިހަމަކޮށްފައިވާ ރަށެކެވެ.

ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ ދަށުން މެނޭޖްކުރަމުން އަންނަ ކުޑަގިރި ހުޅުވި ފަހުން އެތަނަށް އޮންނަ ޑިމާންޑް ވަރަށް ބޮޑެވެ.