Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

ރާއްޖޭގައި މިނިވަން ހާރިޖީ ސިޔާސަތެއް ނެތް

ރާއްޖޭގައި މިހާރު މިނިވަން ހާރިޖީ ސިޔާސަތެއް ނެތް ކަމަށް ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މަލިޖިސް މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާ ވެސް ހިމެނޭ ގޮތަށް ރާއްޖެއިން މިހާރު އިރާނާ އެކީ ސިޔާސީ ގުޅުން އަލުން ގާއިމުކުރަން ނިންމުމާ ގުޅިގެން އަލީ ކުރެއްވި ޓްވީޓެއްގައި ރާއްޖޭހެ ހާރިޖީ ސިޔާސަށް ފާޑު ވިދާޅުވެފައިވެ އެވެ.

"މިނިވަން ހާރިޖީ ސިޔާސަތެއް [ރާއްގޭގައި މިހާރު] ނެތްކަން ސާބިތުވެއްޖެ." ކުރު ޓްވީޓްގައި އޭނަ ވިދާޅުވި އެވެ.

އިރާނާ އެކީ ސިޔާސީ ގުޅުން ގާއިމުކުރުމާ ގުޅޭ ގޮތުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އަލުން ސިޔާސީ ގުޅުން ޤާއިމުކޮށް ދެ ގައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސައުދީ އާއި ޢަރަބިއްޔާ އާއި އީރާނާއި ޗައިނާ އިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމަށެވެ.

"މި ހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމައިފީމެވެ." ބަޔާނުގައިވެ އެވެ.

ރާއްޖެ އން އިރާނާ ގުޅުން ކަނޑާލީ، ސައުދީން އިރާނާ ގުޅުން ކަނޑާލުމުން 2016 ގަ އެވެ. ރާއްޖެ އިން އިރާނާ އެކީ ސިޔާސީ ގުޅުން ފުރަތަމަ ގާއިމުކުރީ ޖޫން 2، 1975 ގަ އެވެ.