Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ސްޓޫޑެންޓް ލޯނަށް ބުދަ ދުވަހު ސުންގަޑި ހަމަވާނެ

އައި.ޔޫ.އެމް.ގެ 2022 ވަނަ އަހަރުގެ ގްރެޖުއޭޝަން- ފޮޓޯ: ރައީސް އޮފީސް

ސްޓޫޑެންޓް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ބުދަ ދުވަހު ހަމަވާނެ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިއަހަރު ސްޓޫޑެންޓް ލޯނަށް ވަނީ 720 ފުރުސަތު ހުޅުވާލާފައެވެ.

ސްޓޫޑެންޓް ލޯނަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ 15 މާރިޗު 2023 ވާ ބުދަ ދުވަހުގެ މެންދުރު 01:30 އެވެ.

މިއަހަރު ޕައިލެޓްކަން ކިޔަވާ ދަރިވަރުންނަށް 60 ޖާގަ ހާއްސަ ކޮށްފައިވާއިރު އެމްބީބީއެސްއަށް ކިޔެވުމަށް 55 ޖާގަ ހާއްސަކޮށްފައިވެއެވެ. މީގެ އިތުރުން މާސްޓާސް ފެންވަރުގައި ޕޯސްޓް ގްރެޖުއޭޓް ކޯސް މެޑިސިން ދާއިރާގައި ހެދުމަށް 20 ޖާގަ ހާއްސަކޮށްފައިވާއިރު ޕީއެޗްޑީ ހެދުމަށް 15 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ލޯނަށް ހުޅުވާލާ މީޑިއާއަށް މައުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ވަކި ދާއިރާތަކަށް ދޭ ފުރުސަތުތަކުގެ އަދަދު އިތުރު ކުރިނަމަވެސް، ހުރިހާ ދައިރާއަކުންވެސް ކުރިމަތި ލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.