Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ރައީސް ސޯލިހް ޗައިނާގެ ރައީސަށް މަރުހަބާ ވިދާޅުވެއްޖެ

ރާއްޖެ, ޗައިނާ ސިޔާސީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބާގެ ތެރެއިން, ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް ޗައިނާގެ ރައީސަށް މަރުހަބާ ވިދާޅުވެފައިވަނީ ޗައިނާގެ ރައީސްކަމުގެ މަގާމަށް ތިން ވަނަ ދައުރަކަށް ހޮވިވަޑައިގަތުމާ ގުޅިގެންނެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނެފައިވަނީ ރައީސް ސޯލިހްގެ މެސެޖުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.

ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ މިދިޔަ އަހަރު ވަނީ 50 އަހަރުފުރިފައެވެ.