Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ޗަމްޕާގެ ޖަވަކަރަ ރިސޯޓް އޮގަސްޓްގައި ހުޅުވަނީ

މިހާރު ވެސް ރާއްޖޭގައި ލަގްޒަރީ ރިސޯޓްތަކެއް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން މި އަހަރުގެ ތެރޭގައި އާ ރިސޯޓެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

މިއީ މި އަހަރުގެ އޮގަސްޓް 1 ގައި ހުޅުވަން ތާވަލުކޮށްފައިވާ ޖަވަކަރަ އައިލޭންޑްސް މޯލްޑިވްސް އެވެ. ޅ. އަތޮޅުގައި މުޅިން ތަފާތު ކޮންސެޕްޓަކަށް ތަރައްގީ ކުރަމުން އަންނަ މި ރިސޯޓަކީ 290 ވިލާގެ ފަސްތަރީގެ ރިސޯޓެކެވެ. ޖަވަކަރައިގެ ހާއްސަ ކަމަކަށް ވާނި ވަކިވަކިން އޮތް ދެ ރަށެއް 700 މީޓަރުގެ ބްރިޖަކުން ގުޅާލައި، ގެސްޓުންނަށް މުޅިން ތަފާތު ތަޖުރިބާތަކެއް ވެސް ކުރެވޭ ގޮތަށް ރިސޯޓްގެ ކޮންސެޕްޓް އޮތުމެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް އިން ބުނި ގޮތުގައި ޖަވަކަރާނީ އެ ކުންފުނީގެ ޕްރޮޕަޓީގެ ތެރެއަށް އިތުރުވާ ވަރަށް ފުރިހަމަ، ހިތްގައިމު އަދި މަތީ ފެންވަރުގެ އެތައް ހިދުމަތްތަކެއް ޓޫރިސްޓުންނަށް ދެވޭނެ ރިސޯޓަކަށެވެ.