Last Updated: June 29, 06:08
Monday, June 29, 2026
ކުޅިވަރު

ފްރެންޑާއި މާކަރީ މޮޅުވެ، އަބާނީ އާއި ޒެފިއާ އެއްވަރު

އެސްޓިއޯ ގޯދިއްޔާ ފުޓްސަލް ކަޕްގެ ރޭ ގެ ފުރަތަމަ މެޗްގައި އަބާނީ އަދި އެފްސީ ޒެފިއާ ބައްދަލު ކުރި މެޗް 2-2 ލަނޑުން އެއްވަރުވި އިރު ރޭގެ ދެވަނަ މެޗްގައި ފްރެންޑްސް ކްލަބް އާއި މަލްޓި ޖީނިއަސް ބައްދަލު ކުރި މެޗް ފްރެންޑްސް ކްލަބް ކާމިޔާބްކޮށްފިއެވެ.

އަދި ރޭގެ ފަހު މެޗްގައި މާކަރީ ޔުނައިޓެޑް އާއި ޒިލޮޓް ބައްދަލު ކުރި މެޗް 3-2 ލަނޑުން ކާމިޔާބް ކުރީ މާކަރީ ޔުނައިޓެޑްއެވެ.

މުބާރާތުގެ ތާވަލަށް ބަލާއިރު ގްރޫޕް އޭގައި 2 މެޗް ކުޅެ ޒިލޯން އާއި އުސްގަނޑަ 6 ޕޮއިންޓް ހޯދާފައިވާ އިރު ކްލަބް މަރަދޫއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. އަދި ރޭގެ މެޗްގައި އަބާނީ އަދި ޒެފިއާ ކުޅުނު މެޗް އެއްވަރުވުމުން 3 މެޗުން އެދެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ގްރޫޕްބީގެ އެއްވަނަގައި ފްރެންޑްސް ކްލަބް އޮތީ 7 ޕޮއިންޓާއި އެކުއެވެ. އެއީ އެޓީމް 3 މެޗް ކުޅެގެންނެވެ. ދެވަނާގައި އޮތް ޝަންގްރިއްލާއަށް 4 ޕޮއިންޓް ލިބިފަިއވާ އިރު ، މަލްޓި ޖީނިއަސް އަދި ބިންގޯ އެފްސީއަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ގްރޫޕް ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ އީ ސްޓޯންއެވެ.

ގްރޫޕް ސީއަށް ބަލާލާއިރު ތާވަލްގެ ކުރީގައި ޔުނައިޓެޑް ފްރެންޑްސް އާއި މާކަރީ ޔުނައިޓެޑްއެވެ. މިއިން ކޮންމެ ޓީމަކަށް 6 ޕޮއިންޓް ލިބިފައިވާ އިރު އެފްވައިސީ އޮތީ 3 ޕޮއިންޓާއި އެކު ތާވަލްގެ 3 ވަނަ މަގާމުގައެވެ. ޓީއެފްޓީ ވޮރިއާސް ވަނީ ޕޮއިންޓެއް ނުލިބި ކަޓާފައެވެ.

ގްރޫޕް ޑީގެ އެއްވަނަ މަގާމު ކުޅުނު ދެ މެޗުން މޮޅުވެ އެފްސީ ރެސްޕެކްޓް ހޯދާފައިވާ އިރު ދެވަނާގައި 3 ޕޮއިންޓާއި އެކު އޮތީ ޔަންގްވަންސްއެވެ. 2 ޕޮއިންޓާއި އެކު 3 ވަނާގައި އޮތީ އެފްއާރްޓީއެވެ. ހަބޭސް އާއި ސަދަން ވޮރިއާސް އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި މުބާރާތުގައި މިރޭ ކުޅޭ މެޗްތައް:

21:30 އެފްއާރްޓީ – ޔަންގް ވަންސް
22:30 ޒިލޯން – ކްލަބް މަރަދޫ
23:30 ޝަންގްރިއްލާ – އީ ސްޓޯން