Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެލައިޑާއި އަޔާދީ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން އޮންލައިންކޮށްފި

އެލައިޑް އިންޝުއަރެންސްގެ އޮފީސް. އައްޑޫލައިވް ފޮޓޯ: އަޒީމް ނަޖްމީ

ރޯދަމަހާއި ދިމާކޮށް އެލައިޑް އަދި އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީގެ ކޮމްޕްރިހެންސިވް މޮޓޯ ޕްލޭން އޮންލައިކޮށް ނެގޭގޮތް ހަދައިފިއެވެ.

އެލައިޑުގެ ފަރާތުން ރޯދަމަހާއި ދިމާކޮށް ކޮމްޕްރިހެންސިވް ޕްލޭން ޑިޖިޓަލައިޒް ކުރިއިރު މީގެ ކުރީން މި ޕްލޭން ނެގޭނީ އެލައިޑުގެ އޮފީސްތަކަށް ގޮސް ކައުންޓަރުގައި މަޑުކޮށްގެންނެވެ. ނަމަވެސް ރޯދަމާހާއި ދިމާކޮށް މި ޕްލޭން އޮންލައިންކޮށް ނެގޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު ވަގުތުން ނެގޭ ގޮތަށް މިވަގުތު ހަމަޖައްސާފައިވަނީ ވަނީ 40،000 އާއި 100،000ރ. ދެމެދު 5 އަހަރު ނުވާ ސައިކަލުތަކަށެވެ. މިއަށްވުރެ އަގުބޮޑު އުޅަނދުތަކަށް މި ޕްލޭން ނެގުމަށް އޮންލައި ފޯމް މެދުވެރިކޮށް މައުލޫމާތު ފުރިހަމަ ކުރުމުން އެލައިޑުން މައުލޫމާތު ސައްޙަކަން ކަށަވަރުކުރުމަށް ފަހު ލިންކް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެއެވެ.

އަދި ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ތެރެއިން ފުރަތަމަ މޮޓޯ ކޮމްޕްރިހެންސިވް ޕްލޭން ނަންގަވާ 100 ކަސްޓަމަރުންނަށް ހިލޭ ހެލްމެޓެއް ދިނުމަށް ވަނީ ހަމަޖެހޖިފައެވެ.

އެލައިޑް އިންޝުއަރަންސުން މައުލޫމާތު ދެއްވާ ގޮތުގައި މޮޓޯ ކޮމްޕްރިހެންސިވް ޕްލޭންސް އޮންލައިން ކުރުމުގެ ފަހަތުގައިވަނީ، އެކުންފުނީގެ އެއް އަސާސްކަމުގައިވާ "ކަސްޓަމަރ ސެންޓްރިސިޓީ" އަށް އަހައްމިއްޔަތުކަން ދޭ މިންވަރެވެ. އެގޮތުން ކަސްޓަމަރުން އިންޝުއަރަންސްގެ ހައްލު ހޯދުމަށް ފަސޭހަ، އިނޮވޭޓިވް ސޮލިއުޝަންސް ފޯރުކޮށްދިނުމަކީ އެކުންފުނިން ނުހަނު އިސްކަމެއް ދޭ ކަމެއް ކަމުގައި އެލައިޑުން ފާހަގަ ކުރެއެވެ.

ސަރުކާރުން ލާޒިމް ކުރާ ތާޑް ޕާޓީ މޮޓޯ އިންޝުއަރެންސާއި ހިލާފަށް މޮޓޯ ކޮމްޕްރިހެންސިވް އިންޝުއަރެންސް ޕްލޭނުގައި ފުލް ކަވަރޭޖް (އަމިއްލަ ނަފްސާއި ވެހިކަލް އަދި ތިންވަނަ ފަރާތާއި ވެހިކަލް) ހިމެނެއެވެ. މިއީ އުޅަނދާއި ދުއްވާ ފަރާތަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދޭ އިންޝުއަރެންސް ޕްލޭނެކެވެ.

މިއީ ކަސްޓަމަރުންގެ އަގުހުރި ވަގުތު ސަލާމަތްކުރުމާއި އެކު ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ފަސޭހަ މަގެއްކަމަށް އެލައިޑުން ދެކެއެވެ. އަދި އެލައިޑް އިންޝުއަރަންސާއި އެކުންފުނީގެ އިސްލާމިކް ވިންޑޯ' އަޔާދީ ތަކާފުލްއިންވެސް ހިދުމަތް ހޯއްދެވޭނެކަމަށް އެލައިޑުން މައުލޫމާތު ދެއެވެ.މިއާއެކު ޚިދުމަތް އޮންލައިންކޮށް ހޯދުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އެއް ކަމަކީ، ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ފަރާތުގެ ނަމުގައި ޕްލޭން ނަގާ، ފޯރުކޮށްދޭ މައުލޫމާތުގެ ސައްހަކަން ޔަގީންކުރުން ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

މިހިދުމަތް ހޯދުމުގައި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އެލައިޑްގެ ހޮޓްލައިން 1600އަށް ގުޅުއްވުމަށް އެލައިޑުން އެދެއެވެ.